ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

ލަންކާގެ ލޮކްޑައުން އިތުރު ހަފްތާއަކަށް ދަންމާލައިފި

ލަންކާގައި ކޮވިޑް ތައްކަތުނުވެ މަރުތައް އިތުވަމުން ދިއުމާ ގުޅިގެން އޯގަސްޓް 20 ގައި މުޅި ގައުމު ލޮކްޑައުން ކުރި ކުރުން ނިމުމަކަށް ނުގެނެސް މުއްދަތު އިތުރުކޮށްފި އެވެ.

ލަންކާ ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ 10 ދުވަހަށް ލޮކްޑައުން ކުރާ ގޮތަށެވެ. އެހެން ނަމަވެސް ލޮކްޑައުން މުއްދަތު ފަހުން ވަނީ ސެޕްޓެމްބަރު ހަޔަކަށް ދިގު ދަންމަން ނިންމާފައެވެ. އޭގެ ފަހުން މިއަދު ވަނީ އަނެއްކާވެސް އިތުރު ހަފްތާއަކަށް މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ލަންކާއަށް ކޮވިޑްއެރި ފަހުން ދޭތެރެ ދޭތެއިން ހާލަތު ވަރަށް ގޯސްވެ އެވެ. އެހެން ނަމަވެސް މިމަހު ކުރީކޮޅު ލަންކާ ތަޖުރިބާކުރި ހާލަތު އޭގެ ކުރިން ތަޖުރިބާކޮށްފައެއް ނުވެ އެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުން ލަންކާގައި ކޮވިޑް ހާލަތު ކޮންމެ ފަހަރަކު ވެސް ގޯސްވަނީ ސަރުކާރާ އާންމު ރައްޔިތުން ވެސް ސިއްހީ އިދާރާތަކުން ދީފައި އޮންނަ އިރުޝާދަށް ކަމޭނުހިތުމުންނެވެ. ގައުމު ލޮކްޑައުން ކުރަން ޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުންނަށް ގަބޫލު ކުރެވުނު ނަމަވެސް ގިނަ ފަހަރު ސަރުކާރުގެ ސިޔާސަތާ ފުށުއަރަނީ އެވެ.

ލަންކާގައި ކޮވިޑް އަދި ވެސް ދަނީ ގަދަޔަށް ފެތުރެމުންނެވެ. ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުން ލަންކާއަށް މިހާރު ގަދަވެގެންފައި ވަނީ ޑެލްޓާ ވޭރިއަންޓެވެ. ކޮވިޑްގެ އެހެން ވޭރިއަންޓްތައް ވެސް އުޅެ އެވެ. ލަންކާގައި ކޮވިޑް ޖެހިގެން މިހާތަނަށް 9،604 މީހުން މަރުވެފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ. އަދި 448،000 މީހުންނަށް ވަނީ ބަލިޖެހިފައެވެ.

ލަންކާއަކީ ދިވެހިންގެ އާބާދީ ބޮޑު ގައުމެކެވެ. ރިޕޯޓްތަކުން އެނގެން ހުރި މައުލޫމާތަށް ބަލާއިރު ލަންކާގައި 16،000 ދިވެހިން ދިރިއުޅެ އެވެ. އަނެއްކޮޅުން ލަންކާގައި ކޮވިޑްގައި ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.