ދުނިޔެ

ޖަޕާންގެ ބޮޑުވަޒީރު ސުގާ އިސްތިއުފާދެއްވަނީ

ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ އިސްތިއުފާ ދެއްވަން ގަސްދު ކުރައްވާ ކަމަށް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ވެރިކަންކުރާ ޕާޓިގެ ލީޑަރު ކަމަށް ވާދަ ނުކުރައްވާނެ ކަމަށާއި މަޝްރަހު އޮތީ އެއަށްވުރެ ބަނަކޮށް ކަމަށެވެ.

ސުގާ އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރުކަން ކުރައްވާނެ ބޭފުޅަކު ކަނޑައެޅުން ފަސޭހަ ނުވާނެ ކަމަށް ބުނެވެ އެވެ. ޖަޕާނުގައި އޮންނަ ގޮތުން ބޮޑުވަޒީރުކަން ކުރައްވަނީ އަޣުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ލީޑަރުކަމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން ޕާޓީގެ ލީޑަރުކަމުން ސުގާ ވަކިވެ ވަޑައިގަތުމުން ލީޑަރަކު ކަނޑައެޅުން އުދާސް ބޮޑު ކަމަކަށް ވާނެ އެވެ.

ސުގާއަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ އެންމެ ބޮޑު ސަބަބަކީ އާންމުންގެ ތާއީދު ގެއްލި ވަޑައިގަތުމެވެ. ވެރިކަމުގައި އަދި ކިރިޔާ އަހަރެން ހަމަވި ތަނުން މަގާމު ދޫކޮށްލަން ޖެހިވަޑައިގަތުން ވެފައި ވަނީ ކަންބޮޑުވުމަކަށެވެ.

ސަރުކާރު ހިންގެވުމުގައި ހާއްސަކޮށް ކޮވިޑުން ރައްކާތެރިވުމަށް ޖަޕާނުން އެޅި ފިޔަވަޅުތަކުގައި ހަރުދަނާކަމެއް ނެތުމުން އާންމުން ތިބީ ކަންބޮޑުވެ މާޔޫސްވެފަ އެވެ. އާންމު ސިއްހަތަށް ވަރަށް ސަމާލުވެ އޮންނަ ޖަޕާންގައި ކޮވިޑާ ގުޅިގެން ހަރުދަނާ ފިޔަޅުތަކެއް ނާޅާ ކަމަށް އާންމުން ބުނެ އެވެ. އަނެއްކޮޅުން ޓޯކިޔޯ އޮލިމްޕިކްސް ބޭއްވާފައި ވަނީ ވެސް ހުޅަނގުން ޕްރެޝްރު ކޮށްގެން ކަށް އޮތީ ތުހުމަތުކޮށްފަ އެވެ.

ސުގާ އިސްތިއުފާ ދެއްވުމުގެ މާނައަކީ އަމިއްލަފުޅަށް ބަލި ގަބޫލު ކުރެއްވުން ކަމަށް އިދިކޮޅުން ބުނެ އެވެ. އިސްތިއުފާ ދެއްވުމަކީ މަސްލަހަތަށް ބަލާއިރު ރަނގަޅު ކަމެއް ނަމަވެސް، މިއަހަރު އޮންނަ އާންމު އިންތިހާބުގެ ކުރިން ބޮޑުވަޒީރުކަން ދޫކޮށްލެއްވުމުން ސަރުކާރު ހުސްވުމުގެ ބިރު އޮތް ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

ސިޔާސީ ލީޑަރުން ބުނާ ގޮތުން ސުގާ އިސްތިއުފާދެއްވަން ނިންމެވުނަކީ ޒިންމާދާރުކަމެއް ނެތުމެވެ. ގައުމަށް ވާނުވާ ބައްލަވާފައި ނޫނީ މަގާމު ދޫކޮށްލެއްވުމަކީ ބޮޑުވަޒީރަށް އޮތް އިޚުތިޔާރަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެވެ އެވެ.