ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ކުޅުދުށްފުށީ މާރުކޭޓް ކޮވިޑް ފެސިލިޓީއަކަށް

ހދ. ކުޅުދުއްފުށި
0%
0%
0%

ކުޅުދުއްފުށި ސިޓީގައި ކޮވިޑަށް ފަރުވާ ދޭން އެ ސިޓީގެ ލޯކަލް މާރުކޭޓް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

މިކަމާ ގުޅޭ އިއުލާނެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮށްފައި ވެއެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ފްލޫ ކްލިނިކެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ލޯކަލް މާރުކޭޓު ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ.

މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު 1:30 އާހަމައަށް އީމެއިލް މެދުވެރިކޮށް ވެސް ކުރިމަތިލެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެ އެވެ.

ކުޅުދުއްފުށި ސިޓީގައި މިހާރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ވަގުތީ އިމާރާތެ ކެވެ. އެ ސިޓީގައި ކޮވިޑަށް ފަރުވާ ދެވޭނެ ރަނގަޅު ފެސިލިޓީއެއް ނެތުމުގެ ކަންބޮޑުވުން ރައީސް ސޯލިހާވެސް ވަނީ ހިއްސާކޮށްފަ އެވެ.

ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ސިޓީ އެކެވެ. އަދި އުތުރުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ވެސް ހުރީ އެ ސީޓިގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345