ވައްކަން

ފިހާރަކައުން 30000 އަށް ވުރެ ގިނަ ރުފިޔާ ވަގަަށް ނެގި 3 މީހަކު ހައްޔަރުކޮށްފި

ރ. އިންގުރައިދޫ ފިހާރައަކުން 30،000 ރުފިޔާއާއި ގިނަ އަދަދެއްގެ ފޯންކާޑު ވަގަށް ނެގި މައްސަލަގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު އިންގުރާދޫ ފިހާރައަކުން ވައްކަން ކުރިކަމުގެ މައްސަލާއާއި ގުޅިގެން އެކަމުގައި ތުހުމަތު ކުރެވޭ ތިން މީހުނާއި އަދި ފައިސާތަށް ހޯދައިފާވާ ކަމަށެވެ. އެގޮތުން ވަގަށް ނަގާފައިވާ 30000 ރުފިޔާ އާއި 100 ޑޮލަރާއި، ފޯނު ކާޑުތަކުގެ ތެރެއިން 21500 އަށްވުރެ ގިނަ ރުފިޔާ އާއި 40 ޑޮލަރު ހޯދައިފާވާ ކަމަށެވެ.

މިމައްސަލާގައި ތުހުމަތު ކުރެވޭ 20 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އަދި ކޯޓުން ވަނީ 20 އަހަރުގެ މީހާއަށާއި 29 އަހަރުގެ ބަނދަށް 15 ދުވަސް ޖަހައި 33 އަހަރުގެ މީހާގެ ބަނދަށް 5 ދުވަސް ޖަހާފަ އެވެ.

ފުލުހުން ބުނީ ފައިސާތަކާއި ފޯނުކާޑުތައް މިހާރުވަނީ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށާއި އަދި އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.