ޓެކްނޯލޮޖީ

ބޮޑު އަދަދަކުން ވަޓްސްއެޕް ޖޫރިމަނާ ކޮށްފި

ފޭސްބުކްގެ ވަޓްސްއެޕް އެޕްލިކޭޝަން ބޮޑު އަދަދަކުން ޖޫރިމަނާ ކޮއްފި އެވެ.

އަޔަލެންޑުގެ ޑާޓާ ޕްރޮޓެކްޝަން ކޮމިޝަން (ޑީޕީސީ) އިން ވަޓްސްއެޕް ޖޫރިމަނާ ކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޑާޓާ ޕްރޮޓެކްޝަން ޕޮލިސީތަކާ ހިލާފު ވެގެނެވެ. އަދި ޑީޕީސީއިން ވަޓްސްއެޕް ޖޫރިމަނާ ކޮށްފައި ވަނީ 225 ޔޫރޯ (267 މިލިއަން ޑޮލަރު) އިންނެވެ.

ޑީޕީސީއިން ވަޓްސްްއެޕް ޖޫރިމަނާ ކޮށްފައި މިވަނީ ޔޫރަޕްގެ ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރު) އާއި ހަވާލާދީ އެވެ. ޖީޑީޕީއާރުގައި ވާގޮތުން ވިލާތުގައި ޓެކް ކުންފުނިތަކުން އެ ކުންފުނިތަކުގެ ހިދުމަތްތައް ބޭނުން ކުރާފަރާތްތަކުގެ ޑާޓާތައް ނުވަތަ މައުލޫމާތުތައް އެއް ކުރުމާއި އެހެން ކުންފުނިތަކަށް ވިއްކުމުގެ ކުރިން ވަކި އުސޫލުތަކަކަށް ތަބާވާން ޖެހެއެވެ.

ޑިޕީސީއިން ވަޓްސްއެޕް ޖޫރިމަނާކޮށް އެ ކުންފުނީގެ ޕްރައިވެސީ ޕޮލިސީއަށް ބަދަލުތައް ގެންނަން ވަނީ އަންގާފަ އެވެ. ގެންނަން އަންގާފައިވާ ބަދަލުތަކުގެ ތެރޭގައި އެކުންފުނިން ޑާޓާ އެއްކުރާކަން އަދި ޑާޓާ އެއްކުރުމަށް ހުއްދަ ހޯދާކަން އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އެނގޭނެ ގޮތަށް ހަދަން ޖެހޭނެ އެވެ.

އީޔޫގެ ރެގިއުލޭޝަންތަކަށް ފެތޭ ގޮތަށް ގިނަ ސޯޝަލްމީޑިއާ އެޕްލިކޭޝަންތަކުގެ ޕްރައިވެސީ ޕޮލިސީތައް ބދަލު ކުރުމަށް އަންގާފައިވާއިރު ވަޓްސްއެޕްގެ މައި ކުންފުނި ފޭސްބުކަށްވެސް މީގެ ކުރިން ވަނީ ފިޔަވަޅު އަޅާފަ އެވެ.