ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް މަރުގެ ހުކުން މިއަދު ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފި އެވެ.
ސުޕުރީމު ކޯޓްގެ އާ ސާކިއުލާއާއެކު ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތްޕުޅުން މި މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރެއްވި އިރު އާ ޕީޖީ އައިޝަތު ބިޝާމް މަގާމަށް ވަޑައިގަތީ ވެސް އިއްޔެ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ކްރިމިނަލް ކޯޓުން ހުމާމްގެ މައްޗަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރިތާ މަސްތަކެއް ފަހުންނެވެ. ސުޕްރީމް ކޯޓްގެ ސާކިއުލާގައިވާ ގޮތުން ސުޕްރީމް ކޯޓުގައި 30 ދުވަސް ތެރޭގައި މައްސަލަ އިލްތިމާސް ކުރަން ޖެހެއެވެ. ނަމަވެސް ސުޕްރީމް ކޯޓްގެ އެ ސާކިއުލާ ނެރުނީ މާ ފަހުންނެވެ.