ޓެކްނޯލޮޖީ

ސޮނީގެ ޕްލޭސްޓޭޝަން ޝޯކޭސް މިހަފުތާގައި

0%
0%
0%

ސޮނީން އެ ކުންފުނީގެ ގޭމް ޕްލެޓްފޯމް ޕްލޭސްޓޭޝަންގެ ހާއްސަ އިވެންޓް "ޕްލޭސްޓޭޝަން ޝޯކޭސް" މި ހަފުތާގައި ބާއްވަން އިއުލާން ކޮށްފި އެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ މި އިވެންޓަކީ ވާޗުއަލްކޮށް ބާއްވާ އިވެންޓެކެވެ. މި އިވެންޓުގައި މައިގަނޑު ގޮތެއްގައި ބަލާނީ ޕްލޭސްޓޭޝަންގެ އެންމެ ފަހުގެ ކޮންސޯލް ޕްލޭސްޓޭޝަން ފަހަކަށް ގެންނަހުރި ބަދަލުތަކާއި ހިދުމަތްތަކުގެ އިތުރުން ގޭމްތަކާބެހޭ މައުލޫމާތު ހިއްސާ ކުރުމެވެ.

ސޮނީން މި އިވެންޓު އިއުލާން ކޮށްފައި ވާއިރު މި އިވެންޓާބެހޭ އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ލަފާ ކުރެވޭ ގޮތުގައި ސޮނީގެ ޕްލޭސްޓޭޝަން ކޮންސޯލްތައް އަދި ގޭމް ސްޓޫޑިއޯއިން ނެރޭ ގޭމްތަކާބެހޭ ގިނަ މައުލޫމާތު ހިއްސާ ކުރާނެ އެވެ. މި އިވެންޓްގައި ސޮނީގެ އިތުރުން މަޝްހޫރު ގޭމް ސްޓޫޑިއޯތަކުން ބައިވެރި ވާނެ ކަމަށް ވެސް ސޮނީއިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910