ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ރައީސް ސޯލިހް ކޮވިޑް މެނޭޖްކުރާ ގޮތް ވަރަށް ފުރިހަމަ"

ކޮވިޑްގެ ހާލަތުގައި ގައުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފި އެވެ.

ހައެއްފަހެއްގެ ހަމަލާއަށްފަހު ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، ކޮވިޑާއި ގުޅިގެން ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި އަމަލުކުރަމުން ގެންދާގޮތް ވަރަށް ފުރިހަމަ ކަމ ށެވެ. އަދި އެކަންކަމަށް މަރުހަބާ ވިދާޅުވި އެވެ.

"ސަރުކާރުން އަމަލުކުރެއްވި ގޮތުގެ ސަބަބުން ރާއްޖެއާއި ދިވެހި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރި." އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލޮޅުން އަރައި އަދި އުފެއްދުންތެރިކަން ދަށްވެގެންދާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ކުރިން ލަފާކުރާ މިންވަރަށް ވުރެ ދަރަނި ބޮޑުވެގެންދިއުން އެކަށީގެންވާ ކަމަށް ގަބޫލުކުރެއްވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ކޮވިޑް މެނޭޖްކުރަމުންދާ ގޮތާއި ގުޅޭގޮތުން ބައެއް ތަޖުރިބާކާރުންވެސް މީގެކުރިން ތައުރީފް ކުރައްވާފައިވެ އެވެ. އަދި ސަރުކާރުން އަލުން އިގްތިސާދު އާރާސްތުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ބައިނަލްއަގްވާމީ އިދާރާތަކުން ގެންދަނީ ފާހަގަކުރަމުންނެވެ.

އެކަމަކު ކޮވިޑް މެނޭޖްކުރުމުގައި މިސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ރައީސް ސޯލިހުގެ އިސްތިއުފާ އަށް ވެސް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.