ހޮލީވުޑް

އެކަޑެމީ އެވޯޑްސްގެ އޭބީސީ އެނގޭތަ؟

އެކަޑެމީ އެވޯޑްސް ނުވަތަ އޮސްކާ އެވޯޑްސް ހަފުލާ އަކީ މުނިފޫހިފިލުވުމުގެ ދުނިޔެ އަށް އަންނަ އެންމެ ބޮޑު ހަފުލާ އެވެ. ކުރިއަށް އޮތީ މި ސިލްސިލާގެ 87 ވަނަ ހަފުލާ އެވެ.

އެހެންވީމަ، އޮސްކާއާ ބެހޭ ގޮތުން ނޭނގެނީ ކޯއްޗެއް ހެއްޔެވެ؟

އޭ އިން ފަށަމާ ހިނގާށެވެ.

މި ޝަރަފްވެރި އެވޯޑް ދެނީ އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސްސް އިންނެވެ. މިއީ 36 ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ މައްޗަށް 1927 ވަނަ އަހަރު އުފެއްދި އޯގަނައިޒޭޝަނެކެވެ.

މި އޯގަނައިޒޭޝަން އެކުލަވައިލުމުގައި އިސްކޮށް ހުންނެވީ އެމްޖީއެމް ސްޓޫޑިއޯގެ ވެރިޔާ ލުއިސް ބީ މާޔާ އެވެ.

މިހާރު އެކަޑެމީ އޮފް މޯޝަން ފިކްޗާސްގެ މެމްބަރުންގެ އަދަދު 6،000 އަށް ވުރެ މަތި އެވެ.

އޮސްކާ ދެކެ ރުޅި އަންނަ މީހުން އުޅޭއިރު މި ހަފުލާ ނައިސްގެން ކެތްމަދުވެފައި ތިބޭ އެތައް ބަޔަކު ވެސް ތިބެ އެވެ. ހޮލީވުޑްގެ އެންމެ ޝަރަފްވެރި އެއްވުމަށް ސެލެބްރިޓީން ރެޑްކާޕެޓްގައި ހިނގާ މަންޒަރު ބެލުމަށް އާންމުން ކިޔޫ ހަދަ އެވެ. އޮސްކާ ހަފުލާ ކުރިއަށް ދާ ތަނުގެ ބޭރުގައި ފޭނުންނަށް ހާއްސަކޮށްފައިވާ ބެންޗުތަކެއް ހުރެ އެވެ. މި ބެންޗުތަކުން ފުރުސަތު ލިބޭ 700 މީހުންނަށް އެމީހުންގެ ސީޓް ހަ މަސް ދުވަސް ކުރިން ޔަގީންވެ އެވެ.

މި 700 މީހުން އޮސްކާ ހަފުލާ އަށް ދަނީ އެ ދުވަހުގެ ހުރިހާ ރަސްމިއްޔާތުތަކެއް ފެށުމުގެ 10 ގަޑިއިރުކުރިންނެވެ. އެހެންވީމަ އޮސްކާ ފޭނުން މި ވަނީ ސެލެބްރިޓީންނަށް ވުރެ ވެސް މުހިންމު ބަޔަކަށެވެ.

މިއީ އޮސްކާގެ އެންމެ ބޮޑު ސިއްރުތައް ކަމުގައިވާ، އެވޯޑް ލިބޭ ފަރާތްތަކުގެ ނަންތައް ރައްކާކުރެވިފައިވާ ސިޓީ އުރަތަކެވެ. މި ސިޓީއުރަތައް ކަނޑާލެވޭ ވަގުތަކީ ސްޓޭޖު މަތީގައި ނަން އިއުލާނުކުރާ ވަގުތުކޮޅު އެކަންޏެވެ. އޭގެ ކުރިން މި ސިޓީ އުރަތަކުގެ ތެރޭގައިވާ ސިއްރުތައް މިހާރު އެއްގޮތަކަށް ވެސް ބޭރެއް ނުވެ އެވެ.

ނަމަވެސް ކުރިން މިކަން އޮތީ މިހެންނެއް ނޫނެވެ. މީޑިއާ އާއި އޮސްކާއާ އޮތް ގާތް ގުޅުމެއްގެ ބޮޑުކަމުން، ނޫސްތައް ޕްރިންޓަށް ދާން ޖެހޭތީއާ އެކު ނޫސްތަކަށް އޮސްކާގެ ވަނަ ލިސްޓް މާ ކުރިން ފޯރުކޮށްދެ އެވެ. އެކަން ހުއްޓާލީ މިގޮތަށް އޮސްކާ އިން އަމަލުކުރާކަން ކޮންމެވެސް ނޫހަކުން ފަޅައަރުވާލި ހިސާބުންނެވެ.

އޮސްކާ ހަފުލާ އަކީ ހަމައެކަނި އެވޯޑް ނައިޓެއް ނޫނެވެ. އަހަރުގެ އެންމެ މޮޅު ފެޝަން ޑިޒައިނަރުންގެ މަސައްކަތް ވެސް މަޝްހޫރު ސެލެބްރިޓީންނާ އެކު ރެޑް ކާޕެޓުން ދައްކާލާ އިވެންޓެކެވެ. އަދި އަހަރުގެ އެންމެ ފީކަޅާ ހެދުންތައް ވެސް ހޮވަނީ އޮސްކާގެ ރެޑް ކާޕެޓުންނެވެ.

އޮސްކާ ހަފުލާ އަކީ މިކަމަށް ވެސް މަޝްހޫރު ހަފުލާ އެކެވެ. އޭގެ ޕްރެޒެންޓަރުންނާއި ހަފުލާގައި ޕާފޯމްކުރާ ފަރާތްތައް އަގުބޮޑެތި ހަދިޔާތައް ދިނުމަކީ ވެސް ސަގާފަތެކެވެ. މިފަހަރުގެ ހަފުލާގައި ޕްރެޒެންޓަރުންނާއި ޕާފޯމްކުރާ ފަރާތްތަކަށް އެއް ލައްކަ ޑޮލަރުގެ އަގުބޮޑު ހަދިޔާ ލިބޭނެ ކަމަށްވެ އެވެ.

ކުރީގެ ހަފުލާތަކުގައި ވެސް ސްމާޓް ފޯނާއި އެޗްޑީ ޓީވީ މަޝްހޫރު ފެޝަން ލައިންތަކުން އަގުބޮޑެތި ހެދުންތައް ވެސް ހަދިޔާކޮށްފައިވެ އެވެ.

މިއީ އޮސްކާގެ 87 އަހަރުވީ ތާރީޚުގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހާސިލުކުރި ހަމައެކަނި އަންހެން ޑައިރެކްޓަރެވެ. އޭނާ މި ޝަރަފް ހޯދީ 2010 ވަނަ އަހަރު "ދަ ހާޓް ލޮކާ" އިންނެވެ.

ކެތުރިން އަކީ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމަރަންގެ ކުރީގެ އަންހެނުންނެވެ.

މި އެވޯޑްގެ ރަސްމީ ނަމަކީ އެކަޑެމީ އެވޯޑް އޮފް މެރިޓް އެވެ. އޮސްކާގެ ވަނަން މި އެވޯޑަށް ލިބުނީ އޮސްކާ ނަމަކަށް ކިޔާ މީހެއްގެ ސިފައާ، މި އެވޯޑްގެ ބުދުގެ ސިފަ ވައްތަރުވާތީ ކަމަށް ބުނެވެ އެވެ. ނަމަވެސް އޮސްކާގެ ވަނަން އުފެދުނު ގޮތް އެއީ އަދިވެސް ބަހުސެކެވެ.

އޮސްކާގެ ގޮތުގައި މި އެވޯޑް މަޝްހޫރުވީ 1934 ވަނަ އަހަރަށް ފަހު އެވެ.

ބޮބް ހޯޕް އަކީ އެންމެ ގިނައިން މި ހަފުލާ ހުށަހަޅައިދީފައިވާ ފަރާތެކެވެ. އޭނާ ވަނީ 39 އަހަރު ތެރޭގައި 19 ފަހަރެއްގެ މަތިން އޮސްކާ ހަފުލާ ހުށަހަޅައިދީފަ އެވެ. އެންމެފަހުން މިދިޔަ އަހަރު މި ހަފުލާ ހުށަހަޅައި ދިނީ ކޮމޭޑިއަން އެލެން ޑިޖެނެރަސް އެވެ.

މި އަހަރުގެ ހަފުލާ ހުށަހަޅައިދޭނީ އެކްޓަރު، ނީލް ޕެޓްރިކް ހެރިސް އެވެ. މިއީ މަޝްހޫރު ޓީވީ ކޮމެޑީ "ހައު އައި މެޓް ޔުއާ މަދާ" ގެ އެންމެ މަޝްހޫރު މޫނެވެ.

ގިނަ އެވޯޑްތަކަށް ނޮމިނޭޓްވެ އޮސްކާ ހަފުލާ ހުސް އަތާ ނިންމާލި މީހުން ވެސް ވަރަށް ގިނަ އެވެ.

މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ގެ "ދަ ކަލާ ޕާޕްލް" 1986 ވަނަ އަހަރު 11 ކެޓަގަރީއަކަށް ނޮމިނޭޓްވިޔަސް އެނބުރި ދިޔައީ ހުސް އަތާ އެވެ. "ދަ ޓާނިން ޕޮއިންޓް" އަކީ ވެސް 11 ނޮމިނޭޝަން ލިބި ހުސް އަތާ ހަފުލާ ނިންމާލި ފިލްމެކެވެ.

"ޓްރޫ ގްރިޓް" އަކީ 10 ނޮމިނޭޝަންސް ލިބި ހުސް އަތާ ހަފުލާ ނިންމާލި ފިލްމެކެވެ. "ގޭންގްސް އޮފް ނިއު ޔޯކް" އަކީ ވެސް 10 ނޮމިނޭޝަން ލިބި އެވޯޑެއް ނުލިބުނު ބޮޑު ފިލްމެކެވެ.

އެންމެ ގިނައިން އޮސްކާ އަށް ނޮމިނޭޓްވެ މިހާ ތަނަށް އޮސްކާ ލިބިފައި ނުވާ ފަންނާނަކީ ސައުންޑް މިކްސާ، ކެވިން އޯ'ކޯނެލް އެވެ. އޭނާ 20 ފަހަރު ނޮމިނޭޓްވިޔަސް ކޮންމެ ފަހަރަކު ވެސް ގެއަށް ދިޔައީ ހުސްއަތާ އެވެ.