އެޗްޑީސީ

އެޗްޑީސީ ސްމާޓް ސިޓީން ސިއްހީ ދާއިރާއަށް ފަހިކަން

Sep 7, 2021

ސިއްހަތު ރަނގަޅު ރައްޔިތުންނަކީ ދުޅަހެޔޮ މުޖްތަމައއްގެ ބިންގަލެވެ. ނަމަވެސް ބޭސްފަރުވާ ދާއިރާއަަކީ ރާއްޖޭގެ އިންޑސްޓްރީތަކުގެ ތެރެއިން ޑިޖިޓައިޒް ހިދުމަތްތައް ފޯރުކޮށްދޭ މިންވަރު އެންމެ ދައް އިންޑަސްޓްރީ އެވެ.

ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ވަނީ ރާއްޖޭގައި ފަސޭހަ ބޭސްފަރުވާގެ ނިޒާމެއްގެ މުހިންމުކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި ގިނަބައެއްގެ ބުރަ މަސައްކަތާއި އެކު ވަނީ ޕެންޑެމިކްގެ ހާލަތުގައި މުހިންމު އެހީތަކާއި ފަރުވާތައް ފޯރުކޮށްދީ މުޖުތަމައު މި ބަލިން ރައްކާތެރި ކުރުމަށް މަސައްކަތް ކޮށްފަ އެވެ. މުސްތަގުބަލުގައި މިފަދަ ބަލިމަޑު ކަމަކާއި ކުރިމަތި ލާަންޖެހިއްޖެ ނަމަ ކަންތައް ކުރަންޖެހޭނެ އުސޫލު މިހާރު އެނގިފައިވިޔަސް އެކަން ކުރެވޭނީ ބޭނުންވާ ވަސީލަތްތައް ހުރެގެންނެވެ.

އދ. ގެ ދިރާސާއިން ދައްކާގޮތުގައި 2050 ވަނަ އަހަރާ ހިސާބައް މީހުން ގިނަ ސިޓީ ނުވަތަ "އާބަން" ސަރަހައްދުތަކުގައި އުޅޭ މީހުންގެެ އާބާދީ 68 ޕަސެންޓަށްވުރެ އިތުރު ވާނެ ކަމަށް ލަފާކުރެ އެވެ. އަދި މި އަދަަދުގެ 90 ޕަސެންޓް އާބަދީއަކީ އޭޝިއާ އަދި އެފްރިކާ ސަރަހައްދުތަކުގެ އާބާދީ ކަމަށް ލަފާކުރެ އެވެ.އެގޮތުން ގްރޭޓާ މާލެ އޭރިއާގައި އުޅޭ މީހުންގެ އާބާދީ އަހަރަކަށް ފަހު އަހަރެއް ދަނީ އިތުރު ވަމުންނެވެ.

އެހެންކަމުން އިތުރު ވަމުންދާ އާބާދީއާއި ގުޅިގެން އެކަށީގެންވާަ ތައްޔާރީތަކާއި ވަސީލަތްތައް ތައާރަފް ކުރުމުކީ، ދުޅަހެޔޮ މުޖުތަމައަކަށް މުހިންމު ކަމެކެވެ. ގިނަ ވަމުންދާ އާބާދީއާއި ގުޅިގެން މީހުން ގިނައިން އުޅޭ ސަރަހައްދު ތަކުގައި ބޭސްފަރުވާގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ. ސަބަބަކީ ތޮއްޖެހިފައި ނުވަތަ އެއްތަނެއްގައި ގިނައިން މީހުން އުޅޭ ސަރަހައްދު ތަކަކީ ބަލިމަޑުކަން ފެތުރުން ފަސޭހަ ވެގެންދާނެ ތަންތަނެވެ.

އާބާދީ މަދު ތަންތަނުގައި ބަލިމަޑުކަން ފެތުރޭ ހާލަތެއްގައި ގައިދުރުކުރުމާއި އެކަހެރިވެ އުޅުމަށް ފަސޭހަ ވެގެންދާނެ އެވެ. އަދި ބަލި މަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ފަސޭހަ ތަކެއް ހުންނާނެ އެވެ. ނަމަވެސް މީހުން ގިނަ ސަަރަހައްދުތަކުގައި ދިރިއުޅުމަކީ އޭގައި ވެސް ފައިދާތަކެއް ހިމެނޭ ކަމެކެވެ. ގްރޭޓާ މާލެ ސަރަހައްދުގައި ވަޒީފާގެ ފުރުސަަތުތައް ގިނަވެ ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ އެވެ. އަދި ވަސީލަތްތައް ވެސް އެހެން ސަރަހައްދު ތަކާ ބަލާ ގިނަ އެވެ. ނަމަވެސް އާބާދީ ބޮޑުވަމުންދާ ވަރަކަށް ދިމާވާ ގޮންޖެހުންތައް އިތުރުވާނެ އެވެ.

ބޭސްފަރުވާގެ ނިޒާމަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފް ކުރުމުން ދެމެހެއްޓެނިވި ހައްލުތަކެއް އަދި ދިގު މުއްދަތަކަށް ލިބިގެން ދާނެ އެވެ. އެގޮތުން އެޗްޑީސީ ގެ ސްމާޓް ސިޓީ ޕްރޮޖެކްޓުން ސިއްހީދާއިރާ އަށް މި ފަދަ ބަދަލުތައް ގެނައުން މުހިންމު މަސައްކަތްތަކެއް ކުރެވިގެން ދާނެ އެވެ.

އެގޮތުން މި ފަދަ ހިދުމަތްތައް މީހުންނަށް ހިނގާފައި ދެވޭނެ ދުރުމިމނުގައި ނުވަތަ އޮންލައިންކޮށް ހދުމަތް ހޯދެވޭނެ ގޮތްތަައް ތައާރަފް ކުރުމުން ހިދުމަތްތައް ހޯދުމަށް ދަތުރުފަތުރު ކުރުން މަދުވެގެން ދާނެ އެވެ. އަދި ވެހިކަލް ތަކުން އަރުވާ ވިހަ މާއްދާތައް މަދުވެ ވައި ނުސާފުވުމުން ދިމާވާ ސިއްހީ މައްސަލަތަކަށް ލުއިކަމެއް ލިބިގެން ދާނެ އެވެ.ގިނަ ވަމުންދާ އާބާދީއާއި ގުޅިގެން ރާއްޖޭގެ ބޭސްފަރުވގެ ނިޒާމް އެންމެ އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުދެ އެވެ. ބޭސްފަރުވާ ބޭނުންވާ މީހުންގެ އަދަދު ގިނަވުމާއި ހިދުމަތް ފޯރުކޮށްދޭނެ މުވައްޒަފުންގެ އަދަދު މަދުވުމުގެ އިތުރުން ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު އިތުރުވުމަކީ މިކަމުގެ ސަބަބުން ދިމާވާ މައްސަލަ ތަކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެކްނޮލޮޖީ އެކި އިންޑަސްޓްރީ ތަކުގައި ބޭނުން ކުރަމުން ދެއެވެ. އެގޮތުން ބޭސްފަރުވާގެ ދާއިރާގައި ވެސް މިފަދަ ކުރިއެރުންތައް ގެނައުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން ދެކުނު ކޮރެއާގައި ކޮވިޑް-19 ފެތުރޭގޮތް ދެނެގަތުމަށް ވަނީ ޓެކްނޮލޮޖީގެ އެހީގައި ނިޒާަމެއް ގާއިމް ކުރެވިފައެވެ. އަދި އޭގެ އެހީގައި ވަނީ ބަލި ފެތުރޭ އަދަދު ދުވާލަކު 900 އިން 90 އަށް ދައްކޮށްފަ އެވެ. މިކަން ހާސިލުކުރީ ލޮކްޑައުން އަކާއި ނުލާ ޓެކްނޮލޮޖީގެ އެހިގަ އެވެ.

ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭސްފަރުވާ ހޯދުމަށް "ވެއިޓިންގް ރޫމް" ގައި މަޑު ނުކޮށް ހިދުމަތް ހޯދޭނެ ނިޒާމެއް ގާއިމް ކުރެވިދާނެ އެވެ. އެގޮތުން ސްމާޓްފޯނު ބޭނުންކޮށްގެން ވަައިޓަލްސް އާއި ބަލީގެ އަލާމާތްައް ޑޮކްޓާ އެޕް އަކަށް ނޯޓު ކޮށް ޑޮކްޓަރަށް ފޮނުވޭނެ ނިޒާމެއް ގާއިމް ކުރެވިދާނެ އެވެ. އަދި އެ މައުލޫމާތައް ބިނާކޮށް އެކަށީގެންވާ ބޭސްފަރުވާ އެފަރާތަކަށް ފޯރުކޮށްދެވޭނެ އެވެ. އަދި ކޮވިޑްގެ ހާލަތުގައި އޮންލައިންކޮށް ޑޮކްޓަރުން ހިދުމަތް ފޯރުކޮށް ދޭން ފަށާފައިވާއިރު މިއީ މުސްތަގުބަލުގައިވެސް ކުރުން ރަނގަޅުކަމެއްކަން ވަނީ ސާބިތުވެފަ އެވެ.

އެޗްޑިސީގެ ސްމާޓް ސިޓީ ޕްރޮޖެކްޓުގެ ދަށުން ބޭސްފަރުވާގެ ދާއިރާއަށް މުހިންމު ބަދަލތަކެއް ގެންނނ އެވެ. އަދި ރައްޔިތުންނަ އެކަމުގެ ފައިދާ ލިބޭނެގޮތްތައް ފޯރުކޮށްދޭނެ އެވެ.