ރެހެންދި އެވޯޑްސް

14 އަންހެނަކަށް ރެހެންދި އެވޯޑް ދީފި

ގައުމީ ހިދުމަތުގައި އަންހެނުން ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް 14 އަންހެނަކަށް ދީފި އެވެ.

މިރޭ އޮތް ރަސްމިއްޔާތުގައި 2020 އަދި 2021 ވަނަ އަހަރު އެވޯޑް ލިބުނު ފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. 2020 ވަނަ އަހަރު އެވޯޑް ލިބިފައިވަނީ ފާތިމަތު އިބްރާހިމް އާއި މަރިޔަމް ޝުނާނާ އާއި އައިޝަތު ހުސައިން މަނިކު އަދި އަމީނާ ނައީމުގެ އިތުރުން ހައްވާ ލަތީފާ އާއި މިންހާ ފާއިޒު އަދި ޝިފްޒާ މުސްތަފާ އަށެވެ.

މި އަހަރު އެވޯޑް ލިބިފައިވަނީ އަހުމީމާ ލުތުފީ އާއި އައިމިނަތު ޝާހާ ހާޝިމް އާއި ޒީނިއާ އަހުމަދު ހަމީދު އާއި ނާދިޔާ އަބްދުލްޣަފޫރު އާއި ހައްވާ ރާމިޒާ އާއި ސާޖަންޓް ފަސްޓް ކްލާސް ނަސްރީނާ ހަސަން އާއި ޝިޔާމާ އަހުމަދު އަދި ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމެޓީ އެވެ.

ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުންނަށް ބާރު އަޅާ، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުން ފާހަގަ ކުރުމެވެ. އަދި އަދި ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރު ދީ އެމީހުންގެ އަގު ވަޒަންކޮށް، ޖަމާއަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމެވެ. މީގެ އިތުރުން އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފް ކޮށް އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރު އެޅުމެވެ.

ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު އެވެ.