ރެހެންދި އެވޯޑްސް

ރެހެންދި އެވޯޑް ނުވަ ފަރާތަކަށް

Mar 22, 2022

އަންހެނުންގެ ކުރަމުންދާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑް ނުވަ ފަރާތަކަށް ދީފި އެވެ.

ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރެހެންދި އެވޯޑް ލިބުނު ބޭފުޅުން

  • ނަފީސާ އަލީ -
  • ފާތިމަތު ޖަބީން - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރާ
  • އައިޝަތު އިބްރާހީމް - ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ
  • އިއްޒަތް އަހުމަދު ނިޒާރު - ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ
  • ޑރ. ފާތިމަތު މުފްލިހާ - ސިއްހީ ދާއިރާ
  • ލެފްޓިނެންޓް ފިރުޝާނާ ތައުފީގް - ސިއްހީ ދާއިރާ:
  • ދިމްނާ ފާކިރު - އިޖުތިމާއީ ދާއިރާ
  • ޝިމްލާ އަހްމަދު - ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
  • އެމްޕީއެލް - ވަޒީފާދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާ

ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުން ނިކުތުމަސް ބާރު އެޅުމާ އެކު، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުންގެ ހިދުމަތް ފާހަގަ ކުރުމެވެ. އަދި ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރުދީ އެމީހުންގެ އަގު ވަޒަންކޮށް، ޖަމާއަތަށް ފައިދާ ހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމެވެ. މީގެ އިތުރުން އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފް ކޮށް އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރު އެޅުމެވެ.

ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.