ހަބަރު

ރެހެންދި އެވޯޑް ނުވަ ބޭފުޅަކަށް

ގައުމީ ހިދުމަތުގައި އަންހެނުން ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް މި އަހަރު ނުވަ އަންހެން ބޭފުޅަކަށް ދީފި އެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ނުވަ އަންހެން ބޭފުޅުންނަށް ބްރޫޗު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ. އަދި އެ ބޭފުޅުންނަށް ޝީލްޑް ހަވާލުކޮށްދީފައިވަނީ ރައީސް ސޯލިހް އެވެ. މިއަހަރު އެމްޕްލޯޔާސް ދާއިރާއިންވެސް އެވޯޑް ހަވާލުކޮށްފައިވެއެވެ.

ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:

  • އާމިނަތު މުހައްމަދު، ދަފްތަރު ނަމްބަރު 3204: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
  • އާއިޝަތު ނާޒިމާ ހ. ކޮޔާ: އިޖްތިމާއީ ދާއިރާ
  • މަރިޔަމް ޝިފްޒާން މ. ހިޔާލީގުލްޝަން: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާއި ނުވަތަ ނަން ޓްރެޑިޝަނަލް ރޯލްސް ދާއިރާ
  • މުއުމިނާ އާދަމް ގ. ހާފްސީ: އިޖްތިމާއީ ދާއިރާ
  • އާއިޝަތު ލޫބާ ހުޅުމާލެ ފްލެޓް/ 122-03-02: އިޖްތިމާއީ ދާއިރާ
  • ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން: އެމްޕޮލޯޔާސް ދާއިރާ
  • އާމިނަތު އަޒްކާ އާދިލް، ދިގުވާނޑު ރޭވަން، ޏ. ފުވައްމުލައް: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާއި ނުވަތަ ނަން ޓްރެޑިޝަނަލް ރޯލްސް ދާއިރާ
  • އަމީނާ އަލީކިލޭފާނު އަތިރީގެ، ގދ. ގައްދޫ: އިގްތިސޯދީ ދާއިރާ
  • އާއިޝަތު ޝިރުހާނާ، ހ. ބޮންތި: އިޖްތިމާއީ ދާއިރާ
  • ނަސްރީނާ އަލީ، ދަފްތަރު ނަފްތަރު 3257: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ

ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުންނަށް ބާރު އަޅާ، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުން ފާހަގަ ކުރުމެވެ. އަދި އަދި ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރު ދީ އެމީހުންގެ އަގު ވަޒަންކޮށް، ޖަމާއަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމެވެ. މީގެ އިތުރުން އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފްކޮށް އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރު އެޅުމެވެ.

ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ރެހެންދި އެވޯޑް ދީފައިވަނީ ތިން ފަރާތަކަށެވެ.