ދުނިޔެ

އިޒްރޭލުގެ ގިލްބޯ ޖަލުން ފިލި ފަލަސްތީން މީހުން ހޯދަނީ

އިޒްރޭލުގެ ގިލްބޯ ޖަލުން ފިލި ފަލަސްތީނުގެ ހަ މީހަކު ހޯދަން އިޒްރޭލު ފުލުހުންނާއި ސިފައިން ނުކުމެއްޖެ އެވެ. ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅައި ވާން ކޮށްފައި އޮތް ސެކިޔުރިޓީ ޒޯނަކުން ޖަލު ކުށްވެރިންތަކެއް ފިލުމުގެ ސަބަބުން މުޅީ އިޒްރޭލު އޮތީ ޝޮކްޖެހި ބަސް ހުއްޓިފަ އެވެ.

އިންޓަނެޓަށް އާންމުވެފައި ހުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ގިލްބޯ ޖަލުތައި އެމީހުން ތިބި ގޮޅިން ބޭރަށް ނުކުތުމަށް ހަދާފައި އޮތް ބިންގަރާހަށް ވަންނަ ހޮރާއި ނުކުންނަ ހޮރެވެ.

އިޒްރޭލު ފުލުހުން ބުނީ ބިންގަރާސް ކޮނެ ޖަލުން ބޭރަށް ހަ މީހަކު ނުކުމެފައި ވަނީ ސީދާ ސެކިއުރިޓީ ޗެކް ޕޯސްޓެއް ކުރިމައްޗަށް ކަމަށެވެ. އެވަރުން ވެސް އެމީހުން ވަނީ ހިލަން ކުރުމެއް ނެތި އެ ސަރަހައްދުން ފިލާފަ އެވެ.

ގިލްބޯ ޖަލުން ފިލި ހަމީހުން ހޯދުމަށް އިޒްރޭލު ފުލުހުންނާއި ސިފައިންގެ އިތުރުން އިޒްރޭލް ސެކިޔުރިޓީ އޭޖެންސީގެ ބޯޑަރު ބަލަހައްޓާ ފުލުހުން ވެސް ދަނީ ބައިވެރިވަމުންނެވެ.

ހުޅަނގު އައްސޭރިއަށާއި އުރުދުންއަށް ޖަލު ކުށްވެރިން ފިލަން ދުވެފާނެ ކަމަށް ބެލެވޭ ހުރިހާ ސަރަހައްދެއްގައި މަގުބަންދު ބަހައްޓައި ސިފައިން ގެންދަނީ ދުރުމި އަޅައި ބަލަމުންނެވެ.

އިޒްލުގެ ޖަލުން މީގެ ކުރިން ބަޔަކު ފިލުމުން ނުގަންނަ ވަރަށް ވުރެ ބޮޑަށް މިފަހަރު ބިރުގެންފައިވާކަން ފާހަގަ ކުރެވެ އެވެ. ސަބަބަކީ ފިލި މީހުންގެ ތެރޭގައި ނުރައްކާތެރި ކުށްވެރިން، ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކޮށްފައިވާ މީހުން ހިމެނުމެވެ.

އިޒްރޭލު ޕްރިޒަން ސާވިސްއިން ބުނި ގޮތުގައި އޭގެ ތެރެއިން އެކަކީ ޒަކަރިއާ ޒުބޭދީ އެވެ. އޭނާއަކީ ފަތަހަ އަގްސޯ ބްރިގޭޑާ ގުޅިގެން ހަރަކާތްތެރިވާ ހަނގުރާމަވެރި އެކެވެ. ދެން ތިބީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. އިޒްރޭލަށް އޮތް ބިރަކީ މިމީހުން އިޒްރޭލުގެ ތެރެއިން އިޒްރޭލަށް ހަމަލާދީފާނެ ކަމަށް އޮތް ބިރެވެ.

އިޒްރޭލުގެ ޖާސޫސީ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި މިކަން ހިންގާފައި ވަނީ ގިލްބޯ ޖަލު ތެރެއިންނާއި ބޭރުން މުއާމަލާތް ކުރެވިގެންނެވެ. އަދި ފަހަރެއްގައި ގިލްބޯ ޖަލު ބަހަލައްޓާ ސެކިއުރިޓީ އޮފިސަރުންގެ ދައުރެއް ވެސް އޮވެދާނެ އެވެ.