ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑަށް ޖުމްލަ ހަތަރު ބިލިއަން، ސިއްހީ ހޭދަ އެކަނި ދެ ބިލިއަން

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ކުރަމުން ގެންދާ ހަރަދު، ހަތަރު ބިލިއަނުން މަތިވެފައި ވާއިރު، ސިއްހީ ކަންކަމަށް ކުރާ ހޭދަ އެކަނި ދެ ބިލިއަން ފަހަނަ އަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ "ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ގައިވާ ގޮތުން ސިއްހީ ހޭދަ ދެ ބިލިއަން ރުފިޔާއަށްވުރެ މަތިވެގެން ދިޔައިރު މިދިޔަ ހަފުތާގައި ކުރި ހޭދަވަނީ 0.2 ޕަސެންޓް އިތުރުވެފަ އެވެ.

އެންމެ މަތިން ހޭދަކުރި އިދާރާތައް

  • ޑިޒާސްޓާ މެނޭޖުމަންޓް: 869.6 މިލިއަން
  • މިނިސްޓްރީ އޮފް ހެލްތް: 773.4 މިލިއަން
  • އައިޖީއެމްއެޗް: 192.3 މިލިއަން
  • މިނިސްޓްރީ އޮފް ޑިފެންސް: 67.6 މިލިއަން
  • ނޭޝަނަލް ޕްލޭނިން: 40.8 މިލިއަން

މިދިޔަ ހަފުތާގެ ހޭދައިގެ ތެރެއިން ބޮޑުބައެއް ކޮށްފައި ވަނީ ހިލޭ އެހީ އާއި ސަބްސިޑީގެ ބަޖެޓުންނެވެ. އެންމެ މަތިން ހޭދަ ކޮށްފައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަށެވެ. މިހާތަނަށް ބޭނުންވާ ތަކެތި ގެންނަން ހޭދަ ވެސް ވަނީ އެއް ބިލިއަން ފަހަނަ އަޅާފަ އެވެ.

މަތިން ހޭދަކުރި ފަސް ދާއިރާ

  • ތަކެތި ގެންނަން: އެއް ބިލިއަން
  • ކެޕިޓަލް އިކްއިޕްމަންޓް: 201.8 މިލިއަން
  • އޮޕަރޭޝަނަލް ސާވިސް: 204.7 މިލިއަން
  • އެލަވަންސް: 170.3 މިލިއަން
  • ގްރާންޓް، ކޮންޓްރިބިއުޝަން އެންޑް ސަބްސިޑީސް: 160.4 މިލިއަން

ކޮވިޑް-19 އިގެ ރިޕޯޓް ދައްކާ ގޮތުން އިކޮނޮމީ ހިންގަން ކުރާ ހޭދައަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ. ސަރުކާރުން ތައާރަފު ކުރި ދެ ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖުން މިހާތަނަށް ހަރަދުވެފައި ވަނީ 1.7 ބިލިއަން ރުފިޔާ އެވެ.