މޯލްޑިވްސް ޕޮލިސް ސާވިސް

ކަތުރެއް ބޭނުންކޮށްގެން ކަލާފާނު ސުކޫލްގައި މާރާމާރީއެއް ހިންގައިފި

Sep 7, 2021

މާލޭގައި ހުންނަ ކަލާފާނު ސުކޫލުގައި ދެ ދަރިވަރަކު މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ މިއަދު ސްކޫލެއްގައި ދެ ކުއްޖެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގީ ކަލާފާނު ސުކޫލުގެ ދެ ދަރިވަރުންނެވެ. މި މާރާމާރީގައި އެއް ކުއްޖެއްގެ ގަޔަށް ކަތުރަކުން ވަނީ ހަމަލާ ދީފަ އެވެ. އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މައްސަލައިގެ އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.