އައްޑޫ ސިޓީ

އައްޑޫގައި ފެން ބޮޑުވި ރަށްރަށް އާންމު ހާލަތަކަށް

Nov 26, 2015

މިދިޔަ އަންގާރަ ދުވަހުގެ ރޭ އައްޑޫ ސިޓީ އަށް ބޯކޮށް ވާރެވެހި ފެންބޮޑުވުމާއި ގުޅިގެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެންހިއްކުމަށް އެމްއެންޑީއެފުން ފެށި މަސައްކަތުގައި ފެން ހިއްކުން ނިންމާލައި ރަށްތައް އާންމުހާލަތަށް ގެނެސްފި އެވެ.

އަންގާރަ ދުވަހުގެ ރޭ އިރާކޮޅު 7:30 ން ފެށިގެން ފެށި މަސައްކަތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުގެ ހަ ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރި އެވެ.

މީގެ އިތުރުން 42 ގެއަކުން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނެވެ.