މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ސަނަދުގެ ފެންވަރު ބެލުމާ ގުޅޭ ވެބިނާއެއް

Sep 8, 2021

ކޮލިފިކޭޝަންސް ރިކޮގްނިޝަން ނުވަތަ ސަނަދުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ހޭލުންތެރި ކުރަން ޕަބްލިކް ވެބިނާއެއް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބާއްވަން ނިންމައިފި އެވެ،

ކޮލިފިކޭޝަންސް އޮތޯރިޓީގެ ފަރާތުން ކުރިއަށް ގެންދާ ވެބިނާ ސީރީޒްގެ ދަށުން ސަނަދުގެ ފެންވަރު ބެލުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ބާއްވާ ވެބިނަރު އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެނެވެ.

މި ވެބުނަރ ސީރީޒަކީ ރެޖިސްޓަރޭޝަނަށް ހުޅުވާލެވިގެން ގޫގުލް މީޓް ޕްލެޓްފޯމް ގައި ކުރިއަށް ގެންދަ ވެބިނާ އެކެވެ. އަދި އޮންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.

ވެބިނަރުގައި ރިކޮގްނިޝަންއާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ދޭނެ އެވެ. އޭގެ ތެރޭގައި، ކޮލިފިކޭޝަންސް ރިކޮގްނިޝަން ގެ މަސައްކަތް ކުރިއަށް ދާ ގޮތާއި މި މަސައްކަތުގައި ދިމާވާ ދަތިތަކާ ގޮންޖެހުންތަކާއި ސައްހަ ނޫން ސަނަދުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ އެވެ. އަދި ވެބުނަރުގެ ބައިވެރިންކުރާ ސުވާލުތަކަށް ކޮލިފިކޭޝަންސް އޮތޯރިޓީ ޖަވާބު ދޭނެ އެވެ