ފިނިޕޭޖް

ވޭންގާޑްގެ ބީޓާ ފަށަން ތައްޔާރު ވަނީ

އެކްޓިވިޝަން އިން ޕަބްލިޝް ކުރާ ކޯލް އޮފް ޑިއުޓީ ފްރެންޗައިސްގެ މި އަހަރު ނެރޭ ގޭމް "ކޯލް އޮފް ޑިއުޓީ ވޭންގާޑް" ގެ ބީޓާ ފަށަން އެ ކުންފުނިން ތައްޔާރު ވަމުން އެބަ ދެއެވެ.

ކޯލް އޮފްޑިއުޓީ ގޭމް ސީރީޒްގެ މި ގޭމް އުފައްދަނީ "ސްލެޖްހެމާ ގޭމްސްް" އިންނެވެ. އަދި މި ގޭމަކީ ސްްލެޖްހެމާގެ ތިންވަނަ ކޯލް އޮފް ޑިއުޓީ ގޭމެވެ. ވޭންގާޑް ގެ ބީޓާ ގޭމްޕްލޭ ކުރިއަށް ގެންދާނީ ހަފުތާ ބަންދުގަ އެވެ. ފުރަތަމަ ހަފުތާގައި ބީޓާ ކުޅެވޭނީ ގޭމް ޕްރީއޯޑާ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މި "އާލީ އެކްސެސް ވީކެންޑް" ކުރިއަށް ދާނީ މިމަހު 10 އިން 13 އަށެވެ.

ދެވަނަ ހަފުތާ ބަންދުގައި ވޭންގާޑް ބީޓާގައި ޕްލޭސްްޓޭޝަން ކޮންސޯލް ބޭނުން ކުރާ ފަރާތްތަކަށް ހިލޭ ބައިވެރި ވެވޭނެ އެވެ. އަދި ބީޓާ ގައި ބައިވެރި ވުމަށް ޕްލޭސްްޓޭޝަން ޕްލަސް ސަބްސްކރިޕްޝަނެއް ބޭނުމެއް ނުވެ އެވެ. "ޕްލޭސްޓޭޝަން އޯޕެން ބީޓާ" ކުރިއަށް ދާނީ މި މަހު 16 އިން 20 އަށެވެ.

ކޯލް އޮފް ޑިއުޓީ ވޭންގާޑް ނެރެން ހަމަޖެހިފައި ވަނީ ނޮވެމްބަރު ފަސް ވަަނަ ދުވަހު އެވެ. އަދި މިހާރު މި ގޭމްގެ ތިން އެޑިޝަނެއް ޕްރީއޯޑާއަށް ނެރެފައި ވެއެވެ.