ވޯލްޑް ކަޕް ކޮލިފިކޭޝަން

ފަސް މެޗަށްފަހު ފްރާންސަށް މޮޅެއް

ފްރާންސާއި ފިންލެންޑް ކުޅުނު މެޗުގެ ތެރެއިން: ފްރާންސް މޮޅުވީ 2-0 އިން
0%
0%
0%

މޮޅު ނުވެ ފަސް މެޗުގެ މެދުކެނޑުމަކަށްފަހު ފްރާންސުން މޮޅެއް ހޯދައިފި އެވެ.

މިއަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ރޭ ފްރާންސް އާއި ފިންލެންޑް ބައްދަލުކުރި މެޗުން ފްރާންސް މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފްރާންސްގެ ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ދާދި ފަހުން ލޯނު އުސޫލުން ބާސާ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި އެންޓޯނިއޯ ގްރީޒްމަން އެވެ. ގްރީޒްމަންގެ ފުރަތަމަ ގޯލަކީ ފައިގެ ބޭރުފުށުން ޖަހައިގެން ކާމިޔާބު ކުރި ވަރަށް ރީތި ގޯލެކެވެ. ދެވަނަ ގޯލަކީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ގްރީޒްމަން އާއި ބެންޒެމާގެ ފަރާތުން މި މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފަ އެވެ. ނަމަވެސް ބެންޒެމާއަށް ގޯލު ޖަހަން ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފަ އެވެ.

މި މެޗުގެ ގިނަ ވަގުތު ފްރާންސް ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، އެޓީމުން ވަނީ އިދިކޮޅު ގޯލަށް އަމާޒުކޮށް 17 ހަމަލާ ފޮނުވާލާފަ އެވެ. ފިންލެންޑު ޓީމަށް އުފެއްދުނީ އެންމެ ދެ ހަމަލާ އެވެ.

ފްރާންސްގެ މި މޮޅާއި އެކު އެޓީމުން ވަނީ ކޮލިފައިން ގްރޫޕްގެ އެއްވަނައަށް އަރާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910