ރީޖަނަލް އެއާޕޯޓްސް

އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިޔާ ފަޔާޒު އަވަހާރަވެއްޖެ

އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު (ފަޔާ) މިރޭ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ އެވެ.

އެމްއޭސީއެލްގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު މިހާރު ރީޖަނަލް އެއާޕޯޓްސްގެ ސޭފްޓީ އެންޑް ކޮލިޓީ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޔާ އަވަހާރަވީ ކުންފުނީގެ ރަސްމީ މަސައްކަތެއްގައި ވަޑައިގެން ހއ. ހޯރަފުށީގައި ހުންނަވަނި ކޮށެވެ.

އޭނާ އަވަހާރަވީ އެއްވެސް އާލާސްކަންފުޅެއްގައި އުޅުއްވާފައެއް ނޫނެވެ.

ފަޔާ އަވަހާރަވުމާ ގުޅިގެން ފްލައިޓެއް ޗާޓަރުކޮށް މިރޭ ދަންވަރު އޭނާގެ ހަށިގަނޑު މާލެ ގެންނާނެ އެވެ.

ފަޔާއަކީ ވަރަށް ކުޅަދާނަ ފަޔާފައިޓަރެކެވެ. އަދި ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ކުޅުންތެރިއެކެވެ.