ފުލުހުން ބަލައި ފާސް ކުރުން

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުއްތާގެ އެހީގައި ގެއެއް ފާސް ކުރަން ފަށައިފި

Nov 26, 2015
1
މީގެ ދުވަސް ކޮޅެއް ކުރިން ފުލުހުން ކުރިޔަށް ގެންދިޔަ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަންތަކުގައި ގެއެއް ފާސް ކުރަން މަގެއް ބަންދުކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ކުއްލި ގޮތަކަށް ފުލުހުން ވަދެ ގެއެއް ބަލައި ފާސް ކުރަން ފަށައިފި އެވެ. ފާސް ކުރަމުން ދަނީ މ. ލިޓް ހަޓް ކިޔާ ގެއެކެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ލިޓް ހަޓް ބަލައި ފާސް ކުރަން ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފަށާފައިވާ ބޮޑު ތަހުގީގުގައި ފުލުހުން ހޯދަން ބޭނުންވާ ބައެއް ހެކި ހޯދުމަށެވެ. އަދި އެ ގެބަލައި ފާސް ކުރަނީ ފުުލުހުންގެ ކުއްތާ ސްކޮޑް ވެސް ބޭނުން ކޮށްގެނެވެ.

ފުލުހުން ބުނީ ފުލުހުން ބަލަމުން އަންނަ މައްސަަލައަކާ ގުޅިގެން މާފަންނު ގެއެއް ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ. ތަފުސީލެއް ނުދެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345