މަޓީ

މަޓީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި

Sep 9, 2021

ޓޫރިޒަމް ސިނާއަތުގެ ގިނަ އަދަދެއްގެ މަހުޖަނުން ހިމެނޭ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި އެވެ.

ވާޗުއަލްކޮށް ބޭއްވި މަޓީގެ 31 ވަނަ އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާގެ 78 މެންބަރުން ބައިވެރި ވެފައިވެ އެވެ. މި ޖަލްސާގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވެސް ބައިވެރިވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.

މަޓީން ބޭއްވި މި އަހަރީ އާއްމު ޖަލްސާގައި ހިންގާ ބޯޑަށް މެންބަރުން އައްޔަން ކުރުން ވެސް އޮތެވެ.

މި ކޮމެޓީގެ ޗެއާމަންއަކީ އެމްޔޫ މަނިކު އެވެ. އަދި ވައިސް ޗެއާމަންއަކީ ޗަންޕާ ހުސެއިން އަފީފެވެ. މީގެ އިތުރުން އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވަނީ އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދެ ދަރިކަލުން ކަމަށްވާ ސިޔާން ގާސިމާއި ސިޔާދު ގާސިމްގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޑް އެވެ.

މަޓީ ބޯޑު ކުރުކޮށް

  • މުހައްމަދު އުމަރު މަނިކް: ޗެއާމަން
  • ހުސެއިން އަފީފު: ވައިސް ޗެއާމަން
  • ސޮލާހު ޝިހާބު :ވައިސް ޗެއާމަން
  • އަހުމަދު ނަޒީރު :ސެކްޓަރީ ޖެނެރަލް
  • އައްސަދު އަލީ :ޑެޕިއުޓީ ސެކްޓަރީ ޖެނެރަލް
  • އަހުމަދު ސިޔާމް މުހައްމަދު : އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ނޫރައްދީން : އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ޝިޔާން ގާސިމް : އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ސިޔާދު ގާސިމް : އެގްޒެކެޓިވް ބޯޑު މެންބަރު
  • ޒުހައިލާ މަނިކް : އެގްޒެކެޓިވް ބޯޑު މެންބަރު
  • އައިޝަތު ނީނާ އަހުމަދު : އެގްޒެކެޓިވް ބޯޑު މެންބަރު
  • ގޯޑަން އެންޑްރިއު ސްޓުއާޑް : އެގްޒެކެޓިވް ބޯޑު މެންބަރު

މަޓީން ބޭއްވި މި އޭޖީއެމްގައި އެ ޖަމިއްޔާ އިން މިދިޔަ އަހަރު ހިންގި ހަރަކާތްތަކުގެ މައްޗަށް ޕްރެޒެންޓޭޝަން އެއް ދިނުން ވެސް އޮތެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ މަޓީއަކީ ރާއްޖޭގެ އެންމެ ނުފޫޒު ގަދަ އެއް ޖަމިއްޔާ އެވެ. ހާއްސަކޮށް ސަރުކާރުން ހިންގާ ގިނަ ސިޔާސަތުގައި މި ޖަމިއްޔާ އިން ގޮތް ކިޔައި އެ ޖަމިއްޔާގެ ބަސް ހޯދަ އެވެ. ނަމަވެސް ޖަމިއްޔާއެއްގެ ގޮތުގައި މަޓީއަކީ އެހާ ހިންގުންތެރި ބައެއް ނޫނެވެ.