އިމްޕޯޓް އެކްސްޕޯޓް

އިމްޕޯޓް އިތުރުވެ އާމްދަނީ އިތުރުވެއްޖެ

މާލޭގައި ހިންގާ އެމްޕީއެލްގެ ވިޔަފާރި ބަނދަރު. އިމްޕޯޓް އިތުރުވެ އާމްދަނީ ވަނީ އިތުރުވެފައި.- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެއަށް މިދިޔަ މަހު އިމްޕޯޓްކުރި މުދާ ވަރަށް ބޮޑަށް އިތުރުވެ ދައުލަަތަށް ލިބުނު އާމްދަނީ ވެސް ބޮޑުތަނުން އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 63 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އެތެރެކުރީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ.

އަގުގެ ގޮތުން އެންމެ ގިނައިން މުދާ އެތެރެކުރީ އިންޑިއާއިން އެވެ. އެއަށްފަހު ޗައިނާއިން އެވެ.

އިމްޕޯޓް އިތުރުވިޔަސް އެކްސްޕޯޓް ކުރި މިންވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ މަހު 270 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 60 ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރު އޮގަސްޓު މަހު 675 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ. އެންމެ ގިނައިން މިދިޔަ މަހު މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ.

ކަސްޓަމްސް މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 288 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 182 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު އޮގަސްޓް މަހު ލިބުނީ 102 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345