ދައުލަތުގެ އާމްދަނީ

ސެޕްޓެމްބަރު މަހުގެ އިމްޕޯޓް 50 ޕަސެންޓް ދަށަށް

މާލެ ވިޔަފާރި ބަނދަރު
0%
0%
0%

މިިދިއަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފު އަގު ކުރީ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 50 ޕަސެންޓް ވަނީ ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސް އިން ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައި ވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު އެ އަދަދު 1.9 ބިލިއަން ރުފިޔާ އަށް ދަށްވެފައި ކަމަށެވެ.

މިދިއަ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 59 ޕަސެންޓް ވަނީ ދަށްވެ ފައެވެ. ކުރީ އަހަރުގެ ސެޕްޓެމްބަރު މަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ހުރީ 119 މިލިއަން ރުފިޔާގަ އެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމުތަކަކީ ޗައިނާ އާއި އިންޑިއާ އަދި ސިންގަޕޫރެވެ. ޗައިނާ އިން 345 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު އިންޑިއާ އިން 275 މިލިއަން އަދި ސިންގަޕޫރުން 217 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345