އެމްޑަބްލިއުއެސްސީ

މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހއ. މާރަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ރަށުގައި މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ.

ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރަން ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ މާރަންދޫ އަށް ގެންގޮސްފަ އެވެ.

ފެނުގެ ނިޒާމު ގާއިމުކުރަން އޮޅުވެލިފުށީގައި 21.8 ކިލޯމީޓަރުގެ ދިގު ފެން ހޮޅި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް ހަދައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓާއި ތިން ތާންގީ ބަހައްޓާނެ އެވެ.

މި މަޝްރޫއުގައި މާރަންދޫގައި 3.6 ކިލޯ މީޓަރުގެ ނަރުދަމާ ނެޓްވޯކެއް ގާއިމްކޮށް 800 މީޓަރުގެ ޕަންޕިން ލައިން އަޅައި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ވެސް ގާއިމުކުރާނެ އެވެ.