އެމްއޭސީއެލް

އެމްއޭސީއެލްގެ %89 މުވައްޒިފުން ވެކްސިން ފުރިހަމަކޮށްފި

Sep 9, 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) 89 ޕަސެންޓް މުވައްޒިފުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަކޮށްފައިވާ ބަޔަކަށް އެމްއޭސީއެލްގެ މުވައްޒިފުން ހެދުމުގެ ގޮތުން ވެކްސިން ޕްރަގްރާމް ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.

އެ ކުންފުނިން މިއަދު ބުނީ 99.9 ޕަސެންޓް މުވައްޒިފުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި 89.3 ޕަސެންޓް މުވައްޒިފުން ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ މިސްޓާ ގޯޑަން އެންޑްރިއު ސްޓުވާޓް ވިދާޅުވީ އެ ކުންފުނީގެ ގިނަ މުވައްޒިފުންތަކެއް ވެކްސިން ފުރިހަމަކޮށްފައިވުމަކީ ޕަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 305،571 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. ސަރުކާރުން ވަނީ އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހުމަށް އަމާޒުކޮށް ބޮޑު ކެންޕެއިނެއް ވަނީ ފަށާފައެވެ.

އެ ގޮތުން ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެންނެވެ. އެ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ ގާތްގަނޑަކަށް 40،000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ ކަމަށެވެ.