އިސްލާމިކް ޔުނިވާސިޓީ

ނަސްރުﷲ އަދި ޕީއެޗްޑީ ނުނަންގަވާ: އައިޔޫއެމް

އިސްލާމިކް ޔުނިވާސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުން ގެންދާ ދީނީ އިލްމުވެރިޔާ އައްޝައިހް ނަސްރުﷲ މުސްތަފާ އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކޮށްފައިވާ ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް އިސްލާމިކް ޔުނިވާސިޓީން ދޮގުކޮށްފި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ ޕޯސްޓް ގުރަޖުއޭޓް ސްޓަޑީސް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަސްރުﷲ ގެ ކިޔެވުމުގައި މިހާތަނަށް ގޮސްފައިވާ ހިސާބަކީ އޮގަސްޓް 26، 2021 ގައި އޭނާގެ ތީސިސްގެ ފެންވަރު ވަޒަން ކުރުމަށް ބާއްވާ އިމްތިހާނު (ވައިވާ) ބޭއްވުން ކަމަށެވެ. އަދި އެ އިމްތިހާނުން ނަސްރުﷲ ފާސްވުމަށްޓަކައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށްވެސް ބުންޏެވެ.

"ވީމާ އެ މަސައްކަތް ފުރިހަމަ ކުރުމުގެ ކުރީން ނަސްރުﷲ މުސސްތަފާ އަކީ މި ޔުނިވާސިޓީޏް ޕީއެޗްޑީ ހާސިލުކުރި ފަރާތެއްގެ ގޮތުގައި ނުބެލެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އައިޔޫއެމްގެ ބަޔާނުގައިވެއެވެ.

އައިޔޫއެމްއިން މިފަދަ ބަޔާނެއް ނެރެފައިވަނީ ނަސްރުﷲ މުސްތަފާ ޕީއެޗްޑީ ނަންގަވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާގެ އެކުވެރިންނާއި ބައެއް އާންމުން މަރުހަބާ ކިޔަމުންދާ ވަގުތެއްގައެވެ.