މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

"ޔާމީން ގަވައިދާ ހިލާފުވެއްޖެ، ފިޔަވަޅު އަޅާނަން"

ރައީސް ޔާމީން މިއަދު އިދިކޮޅުން ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި: ރައިސް ޔާމީން ގޭ ބަންދުގެ ގަވައިދާ ހިފާވު ވެއްޖެ ކަމަށާއި ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަނުން ބުނެފި
66.7%
0%
33.3%

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން ހިތްވަރުދެއްވީ ގޭބަންދުކޮށްފައިވާ އިގްރާރާ ހިލާފަށް ކަމަށާއި މިކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ޔާމީން ވަނީ ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ، ސަޕޯޓަރުންނަށް އަތްޕުޅުން ހަނައަޅުއްވާ ހިތްވަރު ދެއްވާފަ އެވެ.

ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ.

މިއީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރި ފަހުން މިފަދަ ގޮތަކަށް އިދިކޮޅުގެ އެއްވުމެއްގައި ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ.

ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީިސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގަ އެވެ. އޭގެ ފަހުން އެމަނިކުފާނު ހުންނެވީ ގޭބަންދުގަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

ދެން ގޭގެ ދޮރުން ބޭރުވެސް ބަލުމަކީ މައްސަލައެއްތަ؟؟ ދެން ގޭބަންދުގަ ހުރިއްޔާ އޮންނަން ޖެހެނީ ދޮރެއްވެސް ނުހުޅުވާތަ؟ ސަހަރޯ.

ޒަރާ

އިމްރާނު ގޭގެ ބެލްކަނީގަ ހުރެ އީދު ފެންކުޅި ކުޅުނު ހަނދާން ނެތުނީތަ ހަޖަމު ނުވިއަސް ބޮޑުވަރު

ބޭބެ

ޢަހަރުމެން ރައްޔިތުން ކަލޭއާ ދޭތެރޭ ފިޔަވަޅު އަޅާނަން!! ކަލޭތީ ކާކު!!! ތިޔަ ގޮތަށް އަބަދު ތިޔަ މަގާމުގައި ޔާމީނާ ދޭތެރޭ ފިޔަވަޅު އަޅަން ހުރެވޭނެ ކަމަށް ކަލެއަށް ހީކުރެވުމަކީ 2021 ގައި ކަލެޔަށް ކުރެވޭނެ އެންމެ ބޮޑު ކުށް ހީ!!

އަހުމަދު ރަޝީދު

އިމުރާނައް މަގުމައްޗައް ނުކުމެ ފެންކުޅިކުޅެެވޭ. ރައީސް ޔާމީން ބަހެއް ވިދާޅުނުވެ ހުންނެވީ ގެ ކޮޅުގަ. ދެން ހަދާނެ އެއްޗެއް ހަދާ މި ވެރިކަން އަބަދަކު ނޯންނާނެ

ކުލާ

އަވަހަށް ޖަލައް ބަދަލުކުރޭ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910