ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ނާށި މާސްކް އަޅައިގެން އުޅުނު މީހާއަށް އަދަބު ދީފި

ނާއްޓަކުން ފޭސް މާސްކެއް ހަދައި އެ އަޅައިގެން އުޅުނު މީހެއް ދާދިފަހުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވެފައި ވެއެވެ. އިންޑޮނީޝިޔާގެ އެ މީހާ ބުނެފައި ވަނީ އެއީ ރިސައިކަލް ކުރުމުގެ ގޮތުން އޭނާ ތައްޔާރުކުރި މާސްކެއް ކަމަށެވެ. އަދި އާދައިގެ މާސްކަށް ވުރެ އެ މާސްކް އަޅައިގެން އުޅެން މާ ފަސޭހަ ކަމަށެވެ.

ނެންގާ ބުޑިއާސާ ނަމަކަށް ކިޔާ 44 އަހަރުގެ މީހާއަކީ ބާލީގެ ޑެންޕާސަރްގައި ޕާކިން އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އެމި މީހާ ވެހިކަލްތަކަށް އިރުޝާދު ދޭން ކަށިގަނޑު ފުމެން ޖެހޭތީ އެ ކަށިގަނޑު ވެސް އޭނާ ހުރީ ނާށީގެ މެދުން ލޯވަޅެއް ތޮރުފާފައި އެ ލޯވަޅުގައި ހަރުކޮށްފަ އެވެ. އެއީ ޓްރެފިކް ބަލަހައްޓާއިރު ކަށިގަނޑު ފުމެން ޖެހޭ ކޮންމެ ފަހަރަކު މާސްކް ނައްޓަން ނުޖެހޭ ގޮތް ހެދުމަށް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭނާގެ ނާށި މާސްކް އިންޑޮނީޝިޔާގެ ކަމާބެހޭ އިދާރާތަކުން ހިތްހަމަޖެހޭ އެއްޗަކަށް ނުވި އެވެ. އެހެންވެ ކޮވިޑް ސޭފްޓީ ގަވާއިދުތަކާ ޚިލާފު ކަމަށް ނިންމައި އެމީހާއަށް ވަނީ އަދަބު ދީފަ އެވެ. މިމީހާގެ އަދަބީ ވަކި އަދަކަށް ޕުޝް-އަޕްސް ހެދުމެވެ.

ކުރިން ބުޑިއާސާ ވެސް އެޅީ ސާޖިކަލް މާސްކެވެ. ނަމަވެސް އެ މާސްކް އަޅައިގެން އުޅޭއިރު ވެސް އޭނާ ވަރަށް ގިނަ ފަހަރު ކުށްވެރި ވެއެވެ. މުޑުދާރު މާސްކް އަޅާތީ އާއި އެއް މާސްކެއް މާ ގިނަ ދުވަހު އަޅައިގެން އުޅޭތީ އެވެ. އެހެންވެ އޭނާ މުޅިން އާ އީޖާދެއްކޮށް ނާއްޓަކުން މާސްކެއް ހަދައިގެން ބޭނުން ކުރަން ފެށީ އެވެ.

މި މާސްކްގެ ޚިޔާލު ކިތަންމެ މޮޅަސް މާސްކުން ނޭވާ ރަނގަޅަށް ފިލްޓާ ވާނެ ގޮތެއް ނެތުމުން ކަމާ ބެހޭ އިދާރާތަކުގެ މީހުން އަނެއްކާވެސް އޭނާއަށް އަދަބު ދިނީ އެވެ.

އިންޑޮނީޝިޔާ ނޫހަކާ ވާހަކަ ދައްކަމުން ބުޑިއާސާ ބުނީ ނާށިން އޭނާ ތައްޔާރުކުރި މާސްކް އަޅައިގެން އުޅެން ވަރަށް ފަސޭހަ ކަމަށެވެ. އަދި އެ މާސްކް އަޅައިގެން ކަށިގަނޑު ފުމެ ވާހަކަ ދައްކާ ހަދަން އޭނާއަށް މާ ފަސޭހަ ކަމަށެވެ. ނަމަވެސް މުނިސިޕަލް ޕޮލިސް އަށް އޭނާގެ މާސްކް އާ ހިތްހަމަ ނުޖެހިގެން ސެޕްޓެމްބަރު ދޭއްގައި އަނެއްކާވެސް އޭނާއަށް އަބަދު ދީފައިވާ ކަމަށް ބުޑިއާސާ ބުންޏެވެ.

އިންޑޮނީޝިޔާގެ ޕަބްލިކް އޯޑާ އެޖެންސީ އިން ބުނެފައިވާ ގޮތުގައި ބުޑިއާސާ ނާށިން މާސްކް ހަދައިގެން އެޅީ ކޮންމެހެން ގަވާއިދުތައް މުގުރާކަށް ނޫންކަން އެ އޮތީރިޓީއަށް ވެސް ޔަގީންވެ އެވެ. ނަމަވެސް ސަރުކާރުގެ ގައިޑްލައިނަށް އެ މާސްކް ނުފެތޭތީ ފިޔަވަޅު އަޅަން ޖެހުނީ އެވެ.