އެމްޑަބްލިއުއެސްސީ

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެންކަނޑާލާނެ

Sep 11, 2021

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށް ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިރޭ ފެން ކަނޑާލަނީ މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅުވުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

ފެން ކަނޑާލަނީ ސޯސަންމަގާއި ކަސްތޫރީ މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގެތަކުންނެވެ. ފެން ކަނޑާލާނީ މިރޭ 11:00 އިން ފަތިހު 5:00 އަށް ކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.