ދަރުބާރުގެ ކައިރިން ފެން ހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދުގެ ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.
އެ ފެން ހޮޅި ފަޅައިގެން ގޮސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިކަމާއި ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީން ބުނީ ފަޅައިގެން ގޮސްފައި ވަނީ އެ ކުންފުނީގެ ފެން ނެޓްވޯކްގެ ހޮޅިއެއް ކަމަށާއި އެކަން ހައްލު ކުރަން ފެންކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ގިނަ. ބަޔަކަށް ދައްޗާ ކުރިމަތިވި އިރު އެ މައްސަލަ ހައްލުވަންދެން އެ ސަރަހައްދުގެ ބައެއް ގޭގެއިން ފެނުގެ ހިދުމަތް ވެސް މެދުކެނޑޭނެ އެވެ.