މޯލްޑިވްސް ޕޮލިސް ސާވިސް

ޓިކްޓޮކްގައި ބަރަހަނާވި މީހާ ހައްޔަރުކޮށްފި

Sep 12, 2021

ސޯޝަލްމީޑިއާ އެޕްލިކޭޝަނެއް ކަމުގައިވާ ޓިކްޓޮކްގައި ބަރަހަނާވި މީހާ ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

ޓިކްޓޮކްގައި ބަރަހަނާވި މީހާގެ މައްސަލަ ފެންމަތިވީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

އޭނާގެ ޝަކުވާތަކެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެމީހާ މީގެކުރިން ވަނީ އެ އެޕްލިކޭޝަން ދުވަސްކޮޅަކަށް ޑީއެކްޓިވޭޓް ވެސް ކޮށްފަ އެވެ.

ޓިކްޓޮކްގައި ބައެއް ދިވެހިން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.