ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެން މާލޭގެ ގެއަކަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގަން އުޅެފި އެވެ.
ފުލުހުން ބުނި ގޮތުގައި ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމެއްގައި މިއަދު ހެނދުނު މާފަންނު ގެއަކަށް ވަދެ ބަޔަކު ވަނީ ހަމަނުޖެހުން ހިންގަން އުޅެފަ އެވެ.
ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެފަ އެވެ.