އޮމްބަޑްސްޕާސަންގެ އޮފީސް

ޓީވީއެމްގެ މައްސަލަ އިންތިގާލީ އޮފީހަށް

އިންތިގާލީ އޮފީހުގެ އެންމެ އިސްވެރިޔާ ސަލާމް
0%
0%
0%

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ސަލާމަތީ ބާރުތަކުން ޓީވީއެމްގެ އިމާރާތަށް ވަދެ ކޮންޓްރޯލް ނެގި މައްސަލަ އިންތިގާލީ އޮފީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ އިންތިގާލީ އޮފީހަށް އިއްޔެ ހުށަހެޅުއްވީ ވެރިކަންކުރާ އެމްޑީޕީގެ މާފަންނު މެދު ދާއިރާަގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އިބްރާަހިމް ހުށަހެޅުއްވި މައްސަލައިގައި ބުނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ފުލުހުންނާއި ސިފައިން ޓީވީއެމްގެ އިމާރަތަށް ވަދެ މުވައްޒަފުން ރަހީނުކޮށް އެ ޓީވީގެ ފްރީކުއަންސީ ހުއްޓުވައި އަދި ވީޓީވީ ޗެނަލް ދައުލަތުގެ މީޑިއާގް ފްރީކުއަންސީގައި ދެއްކި ކަމަށެވެ.

އެހެންކަމުން މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވެއެވެ.

"ރައްޔިތުންގެ މުދަލާއި ފުރާނައާއި މި ގައުމުގެ ވަހުދަތާއި އިސްތިގުލާލު ނަގަހައްޓަން މާތް ރަސްކަލާނގެ ހަޒްރަތަށް ހުވައެއް ކޮށްގެން ތިބި ބަޔަކު ރައްޔިތުންގެ މުދަލަށް ގެއްލުންދީ ރައްޔިތުންނަށް ބިރު ދައްކާ ރައްޔިތުން ރަހުނު ކުރުމަކީ ގާނޫނީ ބޮޑު ކުށެކެވެ." އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވެއެވެ.

އެހެންކަމުން އެކަން ހިނގައި ދިޔައީ ކޮންގޮތަކަށްތޯ ބަލައި އެކަން ކުރަން އަމުުރު ކުރި ފަރާތައްވެސް ހޯދައި ޖިނާއީ ތަގުގީގެއް ހިންގުމަށް އިބްރާހިމް އެދިވަޑައިގެންފައި ވެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އ

އިންސާފު ހޯދާދޭ އޮފީހުގެ ވެރިޔަކަށް ލީ މީހާގެ ސަބަބުން އިންސާފު ގެއްލިއްޖެ. ޕާރޓީ ކުދިން ލައިގެން ކޮން އިންސާފެއް ހޯދޭނީ އެންމެ ބޮޑު ވަރަކަށް ކުރެވޭނީކަން ކުއްވެރި ކުރުން ދެއަހަރު ވާއިރު ވެރިކަން ވެސް އޮންނަނީ އޮޔާ ގޮއްސަ ބޭކާޜު ފައިސްަ ތަޅާ ބުރުއްސަން ކުރާކަންކަން . ރާއްޖޭގައި އެބަތިތި ކިޔަވައިގެން ތިބި އަބުރު ވެރި މީހުން ... ކަމެއް ކުރާން ނޭނގުނީމާ ދެން ހެދޭނީ ގޯސް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345