ހިންދީ ޑްރާމާތަކުގައި ބުއްދި ގަބޫލު ނުކުރެވޭ ކަހަލަ ވަރަށް ގިނަ ކަންތައްތައް ދައްކަ އެވެ. ގޯޕީ ބަހޫ ލެޕްޓޮޕް ދޮންނަ މަންޒަރާއި ސިމަރް ފައި ދިގުމަކުނަކަށް ބަދަލުވާ މަންޒަރާއި މަރުވާ މީހުން އަނެއްކާ އެތައް ދުވަހެއް ފަހުން އެނބުރި އަންނަ މަންޒަރު ކަހަލަ ސިކުނޑިއަށް ގަބޫލުކުރަން ދަތި ވަރަށް ގިނަ ކަންކަން ޓީވީ ސިލްސިލާތަކުގައި ދައްކަ އެވެ.
ނަމަވެސް މިހާރު ސޯޝަލް މިޑިއާގައި ވައިރަލް ވެގެން އުޅޭ މި ވީޑިއޯ ކްލިޕްގައި ފެންނަ ކަހަލަ މަންޒަރެއް އެއްވެސް ސިލްސިލާއެއްގައި އަދި ދައްކާފައި ވާނެ ކަމަކަށް ނުބެލެ ވެއެވެ.
މި މަންޒަރުގައި ފެންނަނީ އާ ކައިވެނީގެ ރޭގައި ފިރިހެންމީހާ ކުރަފި އަޅާފައި ހުންނަ ކިރުތައްޓެއް ބޯތަނެވެ. މިއީ 2011 ގައި ދެއްކި "ދިލް ސޭ ދީ ދުއާ: ސޯބާގްޔާވަތީ ބަވާ"ގެ މަންޒަރެކެވެ. މި މަންޒަރު ކުޅެފައިވަނީ ކަރަންވީރް ބޮހްރާ އާއި ޝްރީތީ ޖާ އެވެ.
މި މަންޒަރުގައި ކުރަފި އަންހެންމީހާގެ ކޮނޑަށް އެރުމުން އަންހެންމީހާ ވަރަށް ބިރުގަނެގެން އުޅޭތަން ފެނެ އެވެ. ދެން ފިރިހެންމީހާ ކުރަފި ނަގާ ޗިސްކޮށްލަން އުޅެނިކޮށް އަންހެންމީހާ އެކަން ހުއްޓުވަނީ އެވެ. ކުރަފި އޭނާގެ އަންހެނުން ގަޔަށް އެރީތީ ބަދަލުހިފަން ފިރިހެންމީހާ ކުރަފި ނަގާ ކިރުތައްޓަކަށް ލާފައި އެ ކިރުތަށި ބޯލާފައި ވައެއް ލާ މަންޒަރު ވެސް މި ވީޑިއޯއިން ފެނެ އެވެ.
މި ވީޑިއޯ ބަލާފައި އެއްބަޔަކު ފަކުރުން ހޮޑުލެވުނުކަމަށް ބުނިއިރު އަނެއް ބަޔަކު ވަނީ އެމީހުންނަށް މި ފެނުނު މަންޒަރުން ބުނާނެ އެއްޗެއް ވެސް ނޭނގި އެވެ.