މޯލްޑިވްސް ޕޮލިސް ސާވިސް

އޯޑިއޯތަކެއް އެނަލަސިސް ކުރަން އާންމު މީހަކަށް ދީފި

ފުލުހުންގެ އިދާރާއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހުށަހަޅާފައިވާ އޯޑިއޯ ކްލިޕްތަކެއްގެ އެނަލަސިސް ކުރަން އާންމު މީހަކަށް އެވޯޑް ކޮށްފި އެވެ.

މިހާރު މާލިއްޔަތު ގަވާއިދު އޮންނަ ގޮތުން ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް ބިޑް ކޮމެޓީގެ ނިންމުންތައް ހާމަ ކުރަން ޖެހެއެވެ.

އެގޮތުން ފުލުހުން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅޭ އޯޑިއޯ ކްލިޕްތަކުގެ އެނަލަސިސް ކުރަން މާލިއްޔަތު ގަވާއިދުގެ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން އާންމު މީހަކާ ހަވާލު ކޮށްގެން ކުރިއަށްގެންދަން ފުލުހުންގެ ބިޑް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވިއިރު ބެންޗްގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން އޯޑިއޯ ލީކްވި ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައެއް ދަނީ ބަލަމުން ދެއެވެ.