މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރޭޕައި ދެކޮޅަށް މާލޭގައި ހިންގި މުޒާރަހާ: މާލޭގައި ކުޑަކުއްޖަކަށް އޭނާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވޭ
0%
0%
0%

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކަށް ކަމަށެވެ. އެނާ ވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ ދޮންބައްޕައަކު އޭނާގެ ދޮންދަރިއަށް ޖިންސީ ގޯނާކުރި މައްސަލައެކެވެ. މި ހާދިސާ ހިނގާފައި ވަނީ މާލޭ ސިޓީގެ ހުޅުމާލޭގަ އެވެ. ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުން ދޮންބައްޕައަށް އެއްވެސް ފިޔަވަޅެއް ނޭޅުމުން ރޭ އާއްމު ބަޔަކު ވަނީ ކުއްޖަކާއި ބެހުނު ކަމަށް ތުހުމަތު ކުރެވޭ ދޮންބައްޕަގެ ގައިގައި ތަޅައިގަނެ ބޯ ފަޅާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345