ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް ރިސޯޓުން ކޮވިޑްގެ ހާލަތާއި ގުޅިގެން ހެލްތް މިނިސްޓްރީއަށް ސިއްހީ ސާމާނުތަކެއް ހަދިޔާ ކޮށްފި އެވެ.
މި ތަކެތި ހަވާލުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއް ގައެވެ. ހަދިޔާކުރި ސާމާނުތަކުގެ ތެރޭގައި 40،000 އަންގި، 10،000 މާސްކް އަދި 500އެމްއެލް ގެ 10،000 ފުޅި ހޭންްޑް ސެނެޓައިޒާ ހިމެނެއެވެ.
ކޮވިޑްގެ މިފަދަ ހާލަތެއްގައި ހެލްތް މިނިސްޓްރީއަށް މި އެހީ ފޯރުކޮށްދިނުމަކީ އެ ރިސޯޓަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ކޮއްދިއްޕަރު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރަފައެލް ސޮލްފެރީނޯ ވިދާޅުވިއެވެ.
ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލަޑިވްސްއަކީ ސިންގަޕޯގެ ޕާކް ހޮޓެލް ގްރޫޕްއިން 2017 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ރިސޯޓެކެވެ.