މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

Sep 14, 2021
2

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ޖިންސީ އަނިޔާ ކޮށްފައި ވަނީ 16 އަހަރުގެ ކުއްޖަކަށް ކަމަށެވެ. ފުލުހަށް މި މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ އެވެ. އެ މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ނުދެ އެވެ.

އްޔެ ވެސް ވަނީ މިފަދަ އެހެން މައްސަލައެއް ބަލާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ކަމަށެވެ.