މޯލްޑިވްސް ޕޮލިސް ސާވިސް

އުނިމާގެ ބިދޭސީ މުވައްޒަފަކަށް ހަމަލާދީފި

Sep 14, 2021

އުނިމާ ގްރޭންޑް ހޮޓެލްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މުވައްޒަފަކަށް ހަމަލާދީފި އެވެ.

މިމައްސަލަ ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 6:06 ގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

އަވަސްގެ ނޫސްވެރިންނަށް ފެނުނު ސީސީޓީވީ ފްޓޭޖުގައިވާ ގޮތުން އުނިމާ ގްރޭންޑްގެ ގްރައުންޑް ފްލޯގައި ހުންނަ ރިސެޕްޝަންގައި ބިދޭސީ ފިރިހެން މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް ދެ ދިވެއްސަކު އެތަނަށް ވަންނަތަން ފެނެ އެވެ. އަދި ރިސެޕްޝަންގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ބިދޭސީ މުވައްޒަފުގެ ގައިގައި ތަޅައި އަނިޔާކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

ބިދޭސީ މީހާ އަށް އަނިޔާކުރި ދެ ދިވެހިންގެ މޫނު ވަރަށް ސާފުކޮށް ވީޑިއޯ ފެންނަ ހުރެ އެވެ.

ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.