ދުނިޔެ

އައިފޯން 13: މަދުނުވާ ވަރަށް އުފައްދާނެތަ؟

އައިފޯން 13 ބޭނުންކުރާ މީހުން އެންމެ ބޭނުން ކުލަތައް ލިބޭނެ ކަމަށް ބުނެވޭ
66.7%
33.3%
0%

އައިފޯނަށް ވުރެ ޑިމާންޑް ބޮޑު ސްމާޓްފޯނެއް ނެތެެވެ. އައިފޯން ތައާރުފުކުރާ ވަގުތު ޖެހުމުގެ ދެ ދުވަސް ކުރިން ވެސް އައިފޯން ވިއްކާ ފިހާރަތައް ދޮށުގައި ކިޔޫ ދަމާލަ އެވެ. އައިފޯނުގައި އެންމެ ފުރަތަމަ އަތްޖައްސާލުމަކީ ގިނަ ބަޔަކަށް ދުނިޔެއިން ލިބޭ އެންމެ ބޮޑު އުފަލެވެ.

އެހެންވެ އެޕަލުން އަންދާޒާކުރާ ވަރަށް ވުރެ އަވަހަށް އައިފޯނުތައް ވިކި ހުސްވެ އެވެ. އައިފޯން 13 ވިކި ހުސްވެދާނެ ކަމަށް މިފަހަރު އޮތް ބިރު ވަކިން ބޮޑެވެ.

ދުނިޔެއިން ކޮވިޑް އަދި ނުނެތެވެ. ކާރުހާނާތަކުގެ މަސައްކަތްތައް އަދިވެސް މުޅިން ހަމައަކަށް ނޭޅެ އެވެ. އެހެންކަމުން ދުނިޔެއަށް އެއްފަހަރާ ބޭނުންވާ ވަރަށް އައިފޯން 13 އުފެއްދިފައި ހުރި ކަމާ މެދު ޝައްކެވެ.

އެޕަލުން މިކަމޭ ބެހޭ ގޮތުން އެކައްޗެއް ވެސް ނުބުނެ އެވެ. ބެލެވޭ ގޮތުގައި މިފަހަރު ވެސް އައިފޯން ވިއްކުން އޮންނާނީ ފުރަތަމަ އަންނަ މީހަކަށް ފުރަތަމަ ވިއްކާ އުސޫލެވެ. އެވެސް ސްޓޮކް ހުސްވަންދެންނެވެ.

އައިފޯން 13 އިގެ ފަހަތުން މިފަހަރު ތަފާތު ހަތަރު މޮޑެލެއް ނެރޭނެ ކަމަށް ބުނެވެ އެވެ. އެއީ އައިފޯން 13 ޕްރޯ މެކްސް އާއި އައިފޯން ޕްރޯ އާއި އައިފޯން 13 މިނީ އަދި އައިފޯން 13 އެވެ.

އައިފޯން 13 ގައި އަދި ކޮންމެ ފަހަރަކު ވެސް ކުރީ އަދަދަށް ވުރެ ހާޑްވެއާ މަތިކުރެވެ އެވެ. ބެޓެރީ އުމުރު ދިގުކުރެވެ އެވެ. ކެމެރާ އާއި ސްކްރީން ވެސް ފެންވަރު މަތިކޮށް ފޯނުތަކުގެ އަގު ބޮޑުުކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910