މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

އެމްޕީއެލްގައި ބޮޑު ހާދިސާއެއް ނުހިނގާ

Sep 15, 2021
1

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގައި ބޮޑު ހާދިސާއެއް ހިނގާފައިނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޕީއެލްގައި މިރޭ ހިނގި ހާދިސާއެއްގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ބުނެ ބައެއް މެސެޖްތައް ދަނީ ދައުރުވަމުންނެވެ.

އެކަމާއި ގުޅޭގޮތުން އެ ކުންފުނިން ދެންމެ ބުނީ މިރޭ 9:40 އެހާކަންހާއިރު މުދާ ކުލިއާ ކުރަން އުޅުމުގެ ތެރޭގައި ޕެލެޓް ކަހާލައިގެން މަޖޫރީއަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހާގެ ފައިކަށި މަތީގައި ޖެހި މަށައިގެން ދިއުން ފިޔަވާ އިތުރު އަނިޔާއެއް ނުލިބެއެވެ. އަދި މަޖޫރީ އެވަގުތު ހުރީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަަމަށްވެސް ބުންޏެވެ.

އެމްޕީއެލްއަކީ ނުރައްކާތެރި ހާދިސާތައް ހިނގާ ބައެއް މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.