މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޕޯސްޓް މެދުވެރިކޮށް އެތެރެކުރި އެއްމިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

Aug 30, 2022
ކަސްޓަމްސް އިން ޖޫން 29 ވަނަ ދުވަހު އަތުލައިގަނެފައިވާ މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް
0%
0%
0%

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލަައިގަނެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަނެވުނީ މިދިޔަ ޖޫން 29 ވަަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށް ކަމަށެވެ.

އަތުލައިގަނެފައިވަނީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު އެއްމިލިއަން ރުފިޔާއަށް އަރާއިރު އޭގެ ބަރުދަނުގައި 526 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ކަސްޓަމްސް އިން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތުހުމަތުކުރެވޭ މީހާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މިއީ މެފެޑްރޯން ރާއްޖެ އެތެރެކުރި ވަގުތު އަތުލައިގަނެވުނު ދެވަނަ ފަހަރެވެ. މެފެޑްރޯން ރާއްޖެ އެތެރެކުރުމުން އެންމެ ފުރަތަމަ އަތުލައިގަތީ މިދިޔަ މާޗް އެއްވަނަ ދުވަހު އެވެ. އެފަހަރު އަތުލައިގަތީ 585 ގުރާމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345