މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޕޯސްޓް އޮފީސް ނަމުގައި ފޮނުވަނީ ސްކޭމް މެސެޖެއް، ސަމާލުވޭ

ޕޯސްޓް އޮފީހުގެ ނަމުގައި ދައުރުކުރާ މެސެޖު
0%
0%
0%

ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޕޯސްޓް އޮފީހުގެ ނަމުގައި ފޮނުވަމުންދާ އެސްއެމްއެސް ތަކަކީ ސައްހަ އެސްއެމްއެސް ތަކެއް ނޫން ކަމަށެވެ. އެހެންވެ އާންމުން އެކަމަށް ސަމާލުވުމަށް އެދިފައިވެ އެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި އެސްއެމްތަކެއް ދަނީ ފޮނުވަމުން.
މިފަދަ ލިންކްތަކަށް ނުފިތާ،" ފުލުހުން ބުނެފައިވެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ގެންދަނީ ތަފާތު ގިނަ އުކުޅުތައް ބޭނުންކޮށްގެން އާންމުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުންނެވެ. މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް ކަމާ ގުޅޭ އިދާރާތަކުން އެދެމުން ދިޔަ ނަމަވެސް ބައެއް އާންމުންނަށް އެކަމަށް ސަމާލުކަން ނުދެވި ފައިސާގެ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

ސްކޭމް މެސެޖު ފޮނުވައިގެން ފައިސާ ފޭރިގެންފައިވާ ގިނަ މައްސަލަތަކެއް ފުލުހުންގެ އިދާރާ އިން ތަހުގީގު ކުރަމުންދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345