އުރީދޫ

ސްޕީޑް ހަލުވިކޮށް، އުރީދޫ ހޯމްއެއާ ފައިބާއަށް ފުރިހަމަކަން

Sep 16, 2021

އުރީދޫން ހަމައެކަނި ދެނީ ހޯމްބްރޭންޑް ބޭންޑް އިންޓަނެޓު އެކަންޗެއް ނޫނެވެ. އެ ކުންފުނިން 5ޖީ ހޯމް ބްރޯޑްބޭންޑް އެއާ ފައިބާ އިންޓަނެޓުގެ ހިދުމަތް ވެސް ދެ އެވެ. މި ފަހަރު އުރީދޫން މިވަނީ އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ބޭނުން ކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭން މި ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ 5ޖީ އެއާ ފައިބާއާއެކު ދޭ ހައިސްޕީޑުގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު އެތަށް ގުނައެއް ހައްލު ވެގެންދާނެ ކަމަށެވެ.

އުރީދޫން ގެނެސްފައިވާ ބަދަލުތައް

  • 5ޖީ އެއާފައިބާ ޕްލޭން: ޕެކޭޖް އެލަވަންސް (ޖީބީ)، ތްރޮޓްލް ސްޕީޑް
  • 5ޖީ އެއާފައިބާ 749ރ: ޖީބީ 300، ތްރޮޓަން ސްޕީޑް 2 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 999ރ: ޖީބީ 500، ތްރޮޓަން ސްޕީޑް 2 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 1499ރ: ޖީބީ 750، ތްރޮޓަން ސްޕީޑް 2 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 1999ރ: ޖީބީ 1024، ތްރޮޓަން ސްޕީޑް 5 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 2999ރ: ޖީބީ 1536، ތްރޮޓަން ސްޕީޑް، 5 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 5999ރ: ޖީބީ 4000، ތްރޮޓަން ސްޕީޑް، 5 އެމްބީޕީއެސް

މި ބަދަލު އިތުރަށް ފުރިހަމަކޮށް، ދުރު ރަށްރަށާއި ގޭގައި މަސައްކަތް ކުރިއަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާ ފައިބާގެ ހިދުމަތް ދިނުމުގެ ގޮތުން އެއް އަހަރުގެ ކޮންޓްރެކްޓަކާއެކު ޑިވައިސް ޕްލޭނެއް ވެސް އުރީދޫން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން އަލަށް 5 ޖީ އެއާ ފައިބާ ނަގާ ކަސްޓަމަރުންނަށް ޑިވައިސް ނެގުމަށް އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން ހާއްސަ އޮފާއަކާއެކު 5ޖީ ގެ ދުވެލިބާރު އިންޓަނެޓު ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.