ދުނިޔެ

އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީނެއް

އެމެރިކާއާ އޮސްޓްރޭލިއާ އަދި އިނިގިރޭވިލާތް ގުޅިގެން ޑިފެންސް ޓެކްނޮލޮޖީ ހިއްސާ ކުރަން އެއްބަސް ވެއްޖެ އެވެ. މި އެއްބަސްވުން މިގޮތަށް ހަމަޖެހުމުން ދިފާއީ ނެޓްވޯކެއްގެ ތެރެއިން އެއްގައުމުން އަނެއް ގައުމަށް އެހިތެރިވެ އަސްކަރީ ހާޑްވެއާ އާއި ޓެކްނޮލޮޖީ ހިއްސާ ކުރަމުން ދާނެ އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިޝަން ވިދާޅުވި ގޮތުން ދިފާއީ ނެޓްވޯކަކުން ގަތާލުމުގެ ބޭނުމަކީ އޮސްޓްރޭލިއާ ކަނޑުގެ ސިފައިންނަށް ނިއުކްލިއާ ސަބްމެރީން ހޯއްދަވައި ދެއްވުމެވެ.

އެެމެރިލާއާ އިނގިރޭސިވިލާތުގެ އެހީތެރި ކަމާއެކު އޮސްޓްރޭލިއާއަަށް ނިއުކްލިއާ ސަބްމެރިން ލިބިގެން ދާއިރު އެ ގައުމުގައި އަދި ނިއުކްލިއާ ސަބްމެރީން ބޭނުން ކުރާކަށް ނުފަށަ އެވެ.

ކުރިއަށް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ނިއުކްލިއާ ސަބްމެރީން މަޝްރޫއު ކޮޅެއްގައި ޖައްސަވާނެ ކަމަށާއި އެމެރިކާއާ އިނގިރޭސިންނާއެކު ދިގު މަޝްވަރާތަކަކަށް ވަޑައިގަންނަވާނެ ބޮޑުވަޒީރު ސްކޮޓް މޮރިޝަން ވިދާޅުވެ އެވެ.

އަދި ނިއުކްލިއާ ސަބްމެރީންތައް އުފައްދާނީ އޮސްޓްރޭލިއާގަ އެވެ. އެމެރިކާއާ އިނގިރޭސިން ފަންނީ އެހިތެރިކަން ފޯރުކޮށްދިން ނަމަވެސް އޮންޓްރޭލިއާ އިންޖިނޭރުންގެ ދައުރު ބޮޑުވާނެ އެވެ.

ދުނިޔެއިން ކުރިމަތިވެދާނެ ޕްރެޝަރަކުން ރެކިވަޑައިގަތުމަށް މޮރިޝަން ވިދާޅުވީ އޮސްޓްރޭލިއާއަށް ބޭނުންޖެހިފައި އޮތީ ނިއުކްލިއާ ސަބްމެރީން ކަމަށާއި ނިއުކްލިއާ ހަތިޔާރު ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވި ގޮތުން ނިއުކްލިއާ ހަތިޔާރު ފަދަ ފަނާކުރަނިވި ބާރެއް އޮސްޓްރޭލިއާއަށް ބޭނުމެއް ނުވެ އެވެ.

މި މަޝްރޫއާ ބެހޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ ތިން ގައުމު އެކުވެ ގަތާލާ ދިފާއީ ނެޓްވޯކުގެ ބޭނުމަކީ ދުނިޔެ ރައްކާތެރި ތަނަކަށް ހެދުމެވެ. ފަނާކުރަނިވި ބައެއް ކިބައިން ދުނިޔެ ރައްކާތެރިކޮށް ސުލްހަވެރިކަމުގައި ދެމެހެއްޓުމަކީ ވައުދެއް ކަމަށް ބޮރިސް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެއްބާރުލުން ގަދަފަދަ ވަނީ އިތުރުވެގެންދާ އެހީތެރިކަމުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެކުވެރި ގައުމުތަކުގެ އަސްކަރިއްޔާ ޒަމާނީކުރަން ޖެހިފައި އޮތް ކަމަށެވެ.