މުހައްމަދު އަލީ ޖަނާހް

ރާއްޖޭގައި ހަންގޭރީގެ ކޮންސިއުލޭޓެއް ހުޅުވައިިފި

Sep 16, 2021

ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިި، ޔޫރަޕުން ރާއްޖެއަށް ލިބޭ އެކި ހިދުމަތްތައް ފުޅާ ކުރަން މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގައި ހުންނަ ހަންގޭރީގެ ކޮންސިއުލޭޓް ހުޅުވައި ދެއްވީ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާއި ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީގެ އިތުރުން ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހެވެ.

ހަންގޭރީ ކައުންސިލް ހުޅުވާފައި ވަނީ ހ. ސީސައިޑްގަ އެވެ.

ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވިއިރު، ހަންގޭރީ ސަފީރު އިއްޔެ ވަނީ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް އަރުވާފަ އެވެ.