އައިޝަތު ރިޝްމީ

ރިޝްމީއަށް ބައިނަލްއަގްވާމީ އެވޯޑެއް

ދިވެހި ފިލްމު އިންޑަސްޓްރީގައި މަޝްހޫރުކަން ހޯދާފައިވާ ބަތަލާ އައިޝަތު ރިޝްމީ ރަމީޒަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ރިޝްމީއަށް ލިބިފައިވަނީ ޑރ. ސަރޯޖިނީ ނައިޑޫ ދަ ނައިޓިންގް ގޭލް އޮފް އިންޑިއާ ދި އެވޯޑްސް ފޯ ވޯކިން ވިމެންގެ އޯވެޑެވެ.

އެވޯޑު ލިބުމުން އެކަމުގެ އުފަލުގައި ރިޝްމީ ކުރި ޕޯސްޓެެއްގައި ބުނެފައިވަނީ އެ އެވޯޑު ކާމިޔާބު ކުރުމުގެ ފަހަތުގައި އޭނާގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށެވެ. އަދި އޭނާ ވަނީ މުހައްމަދު ރަޝީދު (ދަރާ) އަށް ހާއްސަ ޝުކުރެއް ވެސް ރައްދު ކޮށްފަ އެވެ.

މި އެވޯޓް ދެނީ މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ 100 އަންހެނުންނަށެވެ. ރިޝްމީ އަށް އެވޯޑު ލިބުނީ އެއަށް ހުށަހެޅި 7000 މީހުންގެ ތެރެއިންނެވެ.

ޑރ. ސަރޯޖިނީ ނައިޑޫ ދަ ނައިޓިންގް ގޭލް އޮފް އިންޑިއާ ދި އެވޯޑްސް ފޯ ވޯކިން ވުމަންނަކީ މީގެ ފަސް އަހަރު ކުރިން ދޭން ފެށި ބައިނަލްއަގްވާމީ އެވޯޑެކެވެ. މި އެވޯޓް ދޭން ފެށީ މަސައްކަތުގެ މާހައުލުގައި ފާހަގަކޮށްލެވޭ އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ރިޝްމީއަށް ލިބުނި އެ އެވޯޑާ އެކު ގިނަ ބަޔަކު އޭނާއަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ. މީގެ ކުރިން ރިޝްމީއަށް ވަނީ ސާކް ފިލްމު ފެސްޓިވަލް އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ވެސް ލިބިފަ އެވެ.