ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ބޯހިމެނުމުގެ ތެރެއަށް މަސައްކަތު ދާއިރާ

ބޯހިމެނުން 2022 ގައި އާންމު ގޭބިސީތަކުގެ އިތުރުން އިގްތިސޯދީ މަސައްކަތްތަކުގެ ބޯހިމެނުން ވެސް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.

މިއަދު ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އެ ބިއުރޯއިން ވަނީ 2022 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށް ދާނެ ގޮތް ހިއްސާ ކޮށްފަ އެވެ.

ބޯހިމެނުން ފަށާ ތާރީހު މިނިސްޓާ އޮފް ޕްލޭނިން، މުހައްމަދު އަސްލަމް މިއަދު އިއުލާން ކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި މިނިސްޓަރު ވިދާޅުވީ ބޯހިމެނުމަކީ އިގްތިސޯދީ މަސައްކަތްތަކާއި އެހެނިހެން ކަންކަން ރޭވުމަށް ބޭނުންވާ މައުލޫމާތު އެއް ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

މިފަހަރުގެ ބޯހިމެނުން ފަށަނީ އަންނަ އަހަރުގެ 17 ސެޕްޓެމްބަރުގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ މިފަހަރުގެ ބޯހިމެނުން ކުރިއަށް ގެންދާނި ޑިޖިޓަލް ކޮށެވެ. އަދި މިހާރު ދަނީ ސުވާލު ފޯމު ތައްޔާރު ކުރުމާއި އަދި ޓެބްލެޓްތަކުން ފޯމުތައް ފުރޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

ބޯހިމެނުމުގެ މަސައްކަތައް ތައްޔާރު ވުމުގެ ތައާވަލެއް ވެސް ނެރުނެވެ. ބޯހިމެނުން ކުރިޔަށްދާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާއެމަހުގެ 20 ވަނަ ދުވަހު އިއުލާަނު ކުރާނެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ އަދި މަސައްކަތް ކުރާ ހުރިހާ ހިސާބެއްގައި ބޯހިމެނުން ކުރިއަށް ގެންދާނެ އެވެ. ބޯހިމެނުން ކުރިއަށް ގެންދާނީ ދެބަޔަކަށް ބަހާލައިގެންނެވެ. ބޯހިމެނުމުގައި މިފަހަރު އިގްތިސާދީ މަސައްކަތްތައް ހިމަނާފައި ވާއިރު މި ބޯހިމެނުމުގައި މަސައްކަތް ހިންގާ ހުރިހާ ތަންތަނައި މަސައްކަތްތަކުގެ މައުލޫމާތު އެއްކުރާނެ އެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ކޮށްފައި ވާ ކަމެއް ނޫނެވެ.